މެންޗެސްޓާ ސިޓީ

ލިވަޕޫލް ފަހަތަށް ޖައްސާލުމަށްފަހު ސިޓީ އެކަކަށް

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު، 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، މެނެޗެސްޓާ ސިޓީން ތާވަލުގެ އެއް ވަނައަށް ޖެހިލައިފި އެވެ.

ސިޓީ އެއް ވަނައިގައި އޮތި، ލިވަޕޫލާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން، ފައިދާ ގޯލުން ކުރި ލިބުމުންނެވެ. ދެ ޓީމަށްވެސް ލިބިފައި ވަނީ، 62 ޕޮއިންޓެވެ. އެވެޓަންގެ ގޫޑިސަންޕާކުގައި، ރޭ ކުޅުނު މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އެމްރެއިކް ލަޕޯޓޭ އެވެ. އޭނާ ލަނޑު ޖެހީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓް ހަމވުމުން އިތުރަށް ދެއްކި ވަގުތުގައެވެ.

ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 90 ވަނަ މިނެޓް ހަމަވުމުން އިތުރަށް ކުޅުނު މިނެޓްތަކުގަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ގެބްރިއަލް ޖެސޫސް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ، ތިން ދުވަސް ކުރިން މީހުން ލަފާކޮށްގެން ތިބީ ލިވަޕޫލުން ލީގް ޗެމްޕިއަން ހޯދާނެ ކަމަށެވެ. އެހެންނަމަވެސް، އެ ރޭހުގެ ތެރެއަށް ސިޓީއަށް އާދެވުނީ ފަހަތަށް ނުޖެހި ކުރިއަށް މަސައްކަތުން ކަމަށެވެ.

މިއަންނަ ހޯމަ ދުވަހުގެ ރޭ، އެފްސީ ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން، ސިޓީގެ މައްޗަށް ތިން ޕޮއިންޓް ލީޑެއް ނެގުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ.