ހަބަރު

ރާއްޖޭގެ އާ ސަފީރު އިންޑިއާގެ ރައީސަށް ފަތްކޮޅު އަރުވައިފި

Feb 8, 2019
1

ރާއްޖެއިން އިންޑިއާއަށް ކަނޑައެޅި އާ ސަފީރު އައިޝަތު މުހައްމަދު ދީދީ، އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު އެ ގައުމު ރައީސްއަށް އަރުވައިފި އެވެ.

އައިޝަތު މުހައްމަދު ދީދީ، ސަފީރު ކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދަށް އެރުވީ މިއަދު އިންޑިއާގެ ރިޔާސީ ގަނޑުވަރުގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި އިންޑިއާގެ ރައީސް ވަނީ ރާއްޖޭގެ އާ ސަފީރަށް މަރުހަބާ ދަންނަވާފަ އެވެ. އިންޑިއާގެ ރައީސް ވަނީ ދިވެހި ރައްޔިތުންގެ ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ރާމް ނާތު ކޯވިންދާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި އާ ސަފީރު ވަނީ އެކަމަނާގެ ސަފީރު ކަމުގައި ދެ ގައުމު އިތުރަށް ބަދަހިކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިއާގެ ސަފީރު ކަމަށް އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީއަކީ އެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.