ހަބަރު

ވިލިމާލެ ފެރީއެއް އެކްސިޑެންޓްވެ ދެ މީހުން ހޭނެތިއްޖެ

Feb 10, 2019
1

ވިލިމާލެ ފެރީ އަކާއި އެއާޕޯޓް ފެރީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ލިބުނު ޝޮކްގައި އެ ފެރީއިން ދަތުރުކުރި ދެ މީހަކު ހޭނެތި، ކުޑަކުއްޖަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 4:40 އެހާއިރު އެމްޓީސީސީއިން އޮޕަރޭޓް ކުރާ، ވިލިމާލެ ފެރީ އަކާއި އެއާޕޯޓް ފެރީއެއް ޖެހި އެކްސިޑެންޓްވީ، މާލެ އާއި ވިލިމާލެއާ ދެމެދު ކަނޑުމަތިން ކަމަށެވެ. އަދި އެ އެކްސިޑެންޓްގައި ލިބުނު ޝޮކެއްގައި ފެރީ އެވަގުތު ދުއްވަން ހުރި ކަޕްޓަނާއި ފެރީގައި އެ ވަގުތު ދަތުރުކުރަމުން އައި އަންހެނަކު ހޭނެތިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ތިން އަހަރުގެ އަންހެން ކުއްޖާގެ ވާތު އަަތަށް ތަދުވެފައިވާ އިރު ކަނާތު ފައިގެ ހަން މަށައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ދެމީހުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށެވެ. އެ މައްސަލަ ފުލުހުން ގެންދަނީ މިހާރު ތަހުގީގު ކުރަމުން އެވެ.