މަސްތުވާތަކެތި

ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

Feb 10, 2019
1

ކްރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ދެ ޕާރުސަލެއް ބަލައި ފާސް ކުރުމުގެތެރޭ ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ ކޫރިއާ މެދުވެރިކޮށް ރާއްޖެ ގެނައި ޕާރުސަލެއް މިއަދު ބަލައި ފާސްކުރި އިރު އެ ޕާރުސަލުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނު ކަމަށާއި އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވި ކަމަށެވެ. އެ ޕާރުސަލުން ނެގި މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު 287 ގްރާމް ހުއްޓެވެ.

އަދި ބުނީ ކޫރިއާ މެދުވެރިކޮށް މިއަދު ރާއްޖެ ގެނައި އެހެން ޕާރުސަލެއް ބަލައި ފާސްކުރި އިރު އޭގެ ތެރެއިން ވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނު ކަމަށާއި އެ ތަހުލީލުކުރުމުން ވެސް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ބަރުދަނުގައި ޕެކިންއާއެކު 288 ގްރާމް ހުރި ކަމަށެވެ.

މި ދެ ހާދިސާގައި އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 575 ގްރާމް ހުރިއިރު، މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތި މިހާރު ވަނީ ފުލުހާ ހަވާލުކޮށްފި އެވެ.