ވިޔަފާރި

ދުބާއީ ކުންފުންޏަކުން ބޮލިދުއްފަރުގައި ރިސޯޓު ހަދަން ތިން ރަށް ހިއްކައިފި

Feb 11, 2019
3

ދުބާއީ ކުންފުންޏަކުން ކ. ބޮލިދުއްފަރުގައި ރިސޯޓު ހަދަން ތިން ރަށް ހިއްކުމުގެ މަސައްކަތްކޮށް ނިންމާލައިފި އެވެ.

ޔުނެއިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ގައުމީ ޑްރެޖިން ކުންފުނި، ދުބާއީ ނެޝަނަލް މެރިން ޑްރެޖިން (އެންއެމްޑީސީ) އިން މިދިޔަ ނޮވެމްބަރު މަހު ހިއްކުމުގެ މަސައްކަތް ނިންމާލި ބޮލިދުއްފަރުގައި ރިސޯޓު ތަރައްގީ ކުރަނީ ދުބާއީގެ ދަމަކް ކުންފުނިންނެވެ.

މާލެއާ 17 ކިލޯ މީޓަރުގެ ރާސްތާގައި އޮންނަ ބޮލިދުއްފަރަކީ ދިގު މިނުގައި 2.5 ކިލޯ މީޓަރު އަދި ފުޅާ މިނުގައި 1.5 ކިލޯމީޓަރު ހުންނަ ބޮޑު ފަޅެކެވެ. މި މަސައްކަތް އެމްއެންޑީސީއަށް ހަވާލުކޮށްފައިވަނީ 23 މިލިއަން ޑޮލަރަވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.

ދުބާއީގެ ގައުމީ ޑްރެޖިން ކުންފުނި، އެންއެމްޑީސީ އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން، 35.2 ހެކްޓަރުގެ ބިން ހިއްކައި، ގާތްގަނޑަކަށް 100،000 ޓަނުގެ ހިލަ ބޭނުންކޮށްގެން އެއްގަމު ތޮއްޓާއި ފާލަމެއް ހަދާފައިވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ މާލެ އަތޮޅުން 26 ފަޅެއް ހިއްކައިގެން ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފަ އެވެ. މި މަޝްރޫއުތަކުގެ ތެރެއި ން ބައެއް ރިސޯޓުތައް މި އަހަރު ހުޅުވާނެ އެވެ. މާލެއާ އެންމެ ކައިރީގައި އެންމެ ބާރަށް ކުރިއަށްދާ އެއް މަޝްރޫއަކީ ތައިލެންޑުގެ ސިންހާ ކުންފުނިން ފަސް ރަށް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ "އެނބޫދޫ ލެގޫން" މަޝްރޫއެވެ.

މާލެއާ އެންމެ ކައިރީގައި އެންމެ ބާރަށް ކުރިއަށްދާ އެއް މަޝްރޫއަކީ ތައިލެންޑުގެ ސިންހާ ކުންފުނިން ފަސް ރަށް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ "އެނބޫދޫ ލެގޫން" މަޝްރޫއެވެ. އަދި އިތާފުށި ހިއްކައިގެން ވޯލްއޮފް އެސްޓޯރިއާ ކުންފުނިން ތަރައްގީ ކުރާ ރިސޯޓު ހެދުމުގެ މަޝްރޫއެވެ.