ހޮލީވުޑް

ޖެނިފާ އެނިސްޓަންއަށް 50 އަހަރު ފުރުން ފާހަގަކޮށްފި

ހޮލީވުޑްގެ ބަތަލާ ޖެނިފާ އެނިސްޓަން އަށް 50 އަހަރު ފުރުން ފާހަގަ ކޮށްފި އެވެ. ހޮނިހިރު ދުވަހު ލޮސްއެންޖެލްސްގެ ސަންސެޓް ޓަވާ ހޮޓެލްގައި އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީގައި ހޮލީވުޑްގެ މަޝްއޫރު ތަރިން ވަނީ ބައިވެރިފަ އެވެ.

ހާއްސަކޮށް ޖެނިފާ އެނިސްޓަން ފަސް އަހަރު ދުވަހަށް ކައިވެނި ކޮށްގެން އުޅެ 2005 ވަނަ އަހަރުވަކިވެފައިވާ ކުރީގެ ބައިވެރިޔާ ބްރެޑް ޕިޓް، މި ޕާޓީގައި ބައިވެރިވުންވީ ގިނަ ބަޔަކު ހައިރާން ކުރުވި ކަމަކަށެވެ. މިހާރު މި ދެ ތެރަރިން ވެސް ވަނީ މި ފަހުން އަލުން ސިންގަލް ވެފަ އެވެ. އަދި ހޮލީވުޑްގެ ގޮސިޕުތަކުގައި އާއި މި ދެތަރިންގެ ފޭނުން އެންމެ ބޮޑަށް އެނގެން ބޭނުމީ މި ދަރިން އަލުން ގުޅެނީތޯ އެވެ.

އަލުން ލޯބީގެ ގޮތުން ނުގުޅުނަސް ބްރެޑް ޕިޓްއާއި ޖެނިފާ އެނިސްޓަން އާއި ދެމެދު ރަހުމަތްތެރިކަން އޮންނަ ކަމަށާއި އަދި އެކަކު އަނެކަކުގެ ހަޔާތުގައި ދިމާވާ ބޮޑެތި ކަންކަމަގައި ބައިވެރިވުމުގެ ގޮތުން މި ޕާޓީއަށް ދިޔައީ ކަމަށް މި ތަރިންނާއި ގުޅުން އޮންނަ ސޯސްތަކުން ބުނާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހަފްލާގައި ފްރެންޑްސް ސީރީސްގައި ކޯ ސްޓާރުން ކަމުގައިވާ ކޯޓްނީ ކޮކްސް އާއި ލިސާ ކަޑްރޯ ގެ އިތުރުން ވައިނަތު ޕޯލްޓްރޯ އާއި ޖޯޖް އަދި އަމާލް ކުލޫނީގެ އިތުރުން މަޝްހޫރު ޓީވީ ހޯސްޓް އެލެން ޑިޖެނެރަސް އާއި ޑެމީ މޫ، އޯލެންޑާ ބްލޫމް އަދި ކޭޓީ ޕަރީ ބައިވެރިވެއެވެ.