ބިދޭސީންނާ ގުޅޭ މަސައްކަތްތައް މޯލްޑިވްސް އިމިގްރޭޝަނުން ވަކިކޮށް އިކްނޮމިކް މިނިސްޓްރީއަށް ބަދަލު ކުރުމާއެކު މިނިސްޓްރީގައި އެ މަސައްކަތް ކުރާނީ އިމިގްރޭޝަންގެ އެއްވެސް މުވައްޒަފަކު ބޭނުން ނުކޮށް މުޅީން އާ މުވައްޒަފުން ނަގައިގެން ކަމަށް އިކްނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މި ބަދަލާއެކު އިކްނޮމިކް މިނިސްޓްރީގައި ބިދޭސީންނާ ގުޅޭ ހިދުމަތްތައް ފެށުމަށް އެކަމަށް ބޭނުން ވާނެ މުވައްޒަފުން ހޯދަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. މިނިސްޓްރީން އެ މަސައްކަތްތައް ކުރަން ހޯދަނީ އެސިސްޓެންޓް ލޭބާ ރިލޭޝަންސް އޮފިސަރުންގެ އަށް މީހަކާއި އިންސްޕެކްޝަން އޮފިސަރުންނެވެ. އެ މަގާމަށް ގިނަ އަދަދެއްގެ މީހުން ނަގަ އެވެ.
އަލަށް ގެނައި ބަދަލުގައި ވިސާ ޑިޕޮސިޓް ފީ ގެންދިޔައީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށެވެ. ވިސާ ޑިޕޮސިޓް ފީ ބަލައިގަންނާނީ ވެސް މިނިސްޓްރީގައި ގާއިމް ކޮށްފައިވާ މީރާގެ ކައުންޓަރަށެވެ. މި ބަދަލަށް އަންނަ މާޗް މަހުގެ ތެރޭގައި އަމަލު ކުރަން ފަށާނެ އެވެ.
އިމިގްރޭޝަނަށް ދެން އޮންނާނީ ޕާސްޕޯޓްގައި ވިސާ ޖެހުމާއި ވޯކްޕާމިޓް ދޫކުރުމެވެ.