ހަބަރު

ކެއާ ސޮސައިޓީގެ ޓީޗަރެއްގެ އަހަރު ދުވަހުގެ ހަރަދާ ސްޓެލްކޯ ހަވާލުވެއްޖެ

ކެއާ ސޮސައިޓީއަށް ބޭނުންވާ ޓީޗަރެއްގެ އެއް އަހަރުގެ ހަރަދުތައް ކަރަންޓު ކުންފުނި، ސްޓެލްކޯއިން ސްޕޮންސާ ކުރަން ނިންމައިފި އެވެ.

އެގޮތަށް ނިމުނީ ސްޓެލްކޯގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީޒްގެ ދަށުން ކެއާ ސޮސައިޓީއާއެކު މިއަދު ސޮއި ކުރި އެއްބަސްވުމަކުންނެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ ސްޓެލްކޯގައި މިއަދު ހެނދުނު އެވެ.

ސްޓެލްކޯއިން ބުނީ ކެއާ ސޮސައިޓީއަށް ބޭނުންވާ ޓީޗަރެއްގެ އަހަރު ދުވަހުގެ ހަރަދުތައް އެ ކުންފުނިން ސްޕޮންސާ ކުރާނެ ކަމަށެވެ.

ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީ މިއަދު ވިދާޅުވީ ސްޓެލްކޯއިން އަބަދުވެސް އިޖުތިމާއީ ކަންކަން ކުރިޔަށް ގެންދަން ހިތްވަރުދޭ ކަމަށާއި އެފަދަ ހުރިހާ ކަމަކަށް އިސް ނެގުމަށް ސްޓެލްކޯ އަބަދުވެސް ތައްޔާރު ކަމަށެވެ.