ލައިފްސްޓައިލް

ފަތިހު ތެދުވެ މަސައްކަތް ފެށުމުން ދުވަސް އުޖާލާވޭ!

ކޮންމެ ދުވަހަކު ހެނދުނު ހޭލަނީ އެލާމްގެ އަޑަށް ހެއްޔެވެ؟ އެލާމްވާ އިރަށް ފޯނު ސައިލެންޓްކޮށްލާފަ އަލުން ނިދަނީ ހެއްޔެވެ؟ ނުވަތަ ސޯޝަލް މީޑިއާގެ ތަންތަން ހާވާށާއި ނޫސްތަކުގެ ހަބަރުތައް ބަލަން އޮންނަނީ ހެއްޔެވެ؟

ފަތިހު ހޭލައިގެން ވަކި ގޮތަކަށް ކަންކަން ކުރުމުން މީހާގެ މުޅި ދުވަސް އުޖާލާވާ ކަމުގައި ތަޖުރިބާކާރުން ބުނެ އެވެ.

އެނދުން ތެދުވެ ރަނގަޅަށް ހަށިގަނޑު ދަމާލުން

އެކި ފަހަރު މަތިން ސްނޫޒް ކުރުމުގެ ބަދަލުގައި އެލާމްވުމުން ނިދިން ހޭލާ ހަށިގަނޑު ދަމާލުމުން މީހާއަށް ލިބިފައިވާ ލޮޑު ކަމުންނާއި ވަރުބަލި ކަމުން ސަލާމަތް ކޮށްދެ އެވެ. ގިނައިން ސްނޫޒް ކުރާނަމަ މިހާއަށް އިތުރު ވަރުބަލި ކަމެއް ގެނުވަ އެވެ. އެއީ ކޮންމެ ފަހަރަކު ސްނޫޒް ކުރުމުން އަލުން ނިދޭތީ ދެން ހޭލެވޭ އިރު ވަރުބަލިވާލެއް މާ ބޮޑުކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެދުން ތެދުވަންވީ ވެސް ކުއްލިއަކަށް ފުންމައިގެން ތެދެވުމުގެ ބަދަލުގައި މަޑުމަޑުން ކަނާތް ފަރާތަށް ފުރޮޅި އެނދުގައި އިށީނދެލާފަ އެވެ. މިގޮތަށް ކަންކުރާނަމަ ކަރަށާއި ބުރަކަށްޓަށް އެއްވެސްކަހަލަ ތަދެއްވިއަ ނުދީ އެނދުން ތެދުވެ އެވެ.

ހޭލާގޮތަށް ޕޮޒިޓިވް ކަމަކަށް ވިސްނުން

ހެނދުނުގަޑީގައި ހެލާ ގޮތަށް އެންމެ ފުރަތަމަ ވިސްނުން ބަހައްޓާ ގޮތުން މުޅި ދުވަހަށް އޭގެ އަސަރު ކުރެއެވެ. އެގޮތުން މީހާގެ އެ ދުވަހާމެދު ދެކޭގޮތާއި، އިހްސާސްތަކާއި އަދި އެދުވަހެއް ކާމިޔާބުކޮށް ނިންމާލަން އޮންނަ ރޫހުގެ އަސަރު ދުވަހުގެ ދެން ހުރި ކަންކަމަށް އަސަރު ކުރެއެވެ. އާ ދުވަހަކަށް އާ ފުރުސަތުތަކެއް ލިބުމުން ޝުކުރުވެރިވެ ދުވަހާއި ކުރިމަތިލާންވީ ވަރަށް ޕޮޒިޓިވް މޫޑެއްގަ އެވެ. ދިމާވާ ދަތިތަކާއި ކުރިމަތިލައި ކާމިޔާބުކޮށް ދުވަސް ނިންމާލުމުގެ ހިތްވަރު ލިބެ އެވެ.

އެކަނި ވަގުތު ކޮޅެއް ހޭދަ ކުރުން

މަންމައިން ވެސް ހެދުނު ފަތިހާ ހޭލައިގެން ކޮފީތައްޓެއް ބޯލައި ކުދިން ހޭލުމުގެ ކުރިން އެކަނި ވަގުތުކޮޅެއް ލިބުމަކީ ހެނދުނު އަވަހަށް ހޭލާ މީހުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމެކެވެ. ހެނދުނު ހޭލައިގެން އަމިއްލަ ޝައުގުވެރިވާ ކަމެއް ކޮށްލުމަކީ މީހާއަށް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. އަދި ކުދިން ހޭލުމުގެ ކުރިން ކުދިންނާއެކު ދުވަސް ހޭދަކުރާނެ ގޮތް ރާވާލައި ގޭތެރޭ ދެ ތިން ކަމެއް ކޮށްލައި ދުވަހަށް ތައްޔާރު ވެލުމުން ދުވަސް ވަރަށް ފުރިހަމަ ވެއެވެ.

ހޭލައިގެން ގިނައިން ފެން ބުއިން

ގިނަ ވަގުތު ނިދާފަ އޮވެ ތެދުވެ ހަށިގަނޑު ހައިޑްރޭޓްކުރުމުގެ ގޮތުން ފެން ބުއިމަކީ ވަރަށް ބޮޑު އިސްކަމެއް ދޭންޖޭހެ ކަމަކެވެ. މިގޮތަށް ކަންކަން ކުރާނަމަ މެޓަބޮލިޒަމް އިތުރު ކޮށްދީ، ހައިޑްރޭޓްކޮށްދީ، ހަށިގަނޑުން ބޭނުންނުވާ ޓޮކްސިންތަކުން ސަލާމަތްކޮށްދެ އެވެ. އަދި މިއީ ސިކުނޑި ހޭލައްވާލުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ.

ބައިވެރިޔާއާ ވާހާކަ ދައްކާލަން ވެސް ފުރުސަތެއް

ބިޒީ ލައިފަކާއި ބިޒީ ޝެޑިއުލެއްގައި އެންމެން ވެސް އުޅޭއިރު ދިރިއުޅުމާމެދު ކުރާ އުއްމީދުތަކާއި އެހެނިހެން ވެސް މުހިއްމު ވާހަކަތަކަކީ ބައިވެރިޔާ އާއި ކޮންމެހެން ދައްކަންޖެހޭ ވާހަކަތަކެކެވެ. އަދި މި ގޮތަށް ވާހަކަ ދައްކާލާ މަޝްވަރާކޮށްލަން ހެނދުނު ހޭލައިގެން ދުވަހުގެ ކުރީކޮޅުގެ ބޭނުން ހިފިދާނެ އެވެ.

ކަސްރަތު ކުރަންވީ ހެނދުނު

ދުވަސް ނިމޭ އިރު ކަސްރަތު ކުރުމުގެ ބަދަލުގައި ހެނދުނު އަރާ އިރާއެއްކޮށް ކަސްރަތު ކުރުން މާ ފައިދާ ބޮޑެވެ. ހެނދުނު ކަސްރަތު ކުރުމުން މީހާގެ މެޓަބޮލިޒަމް އަވަސްކޮށްދީ މުޅި ދުވަހަށް ހަކަތަ ފޯރުކޮށްދެ އެވެ. ހެނދުނު ކަސްރަތު ކުރުމުން ދެން ކާ އެއްޗިހިން ހަށިގަނޑަށް ފޯރުކޮށްދޭ ކެލަރީ ހަށިގަނޑުން ހަކަތަގޮތުގައި ބޭނުންކޮށް އަންދާވަރު އިތުރު ކޮށްދެ އެވެ. ހެނދުނު ކަސްރަތު ކުރާ ނަމަ މީހާގެ ފޯކަސް އިތުރު ކޮށްދީ މީހާގެ ސިކުނޑި މަސައްކަތްކުރުން ވެސް މުޅި ދުވަހަށް އަވަސް ކޮށް ދެއެވެ.

ފަތިިސް ނާމާދު ކުރުން

ފަތިހު ހޭލައިގެން ފަތިސް ނަމާދު ކުރުމުން މީހާއަށް އެތައް ފައިދާއެއް ކުރެއެވެ. ދިރިއުޅުން ބާއްޖަވެރިވަނީ ނުވަތަ ކާމިޔާބުވާނީ ފައިދާ މީހާއަށް ފުރިހަމައަށް ލިބިގެނެވެ.