ހަބަރު

ގޭންގްތަކާ މަޝްވަރާ ކުރަނީ ރަނގަޅު ނިޔަތުގައި: މަހްލޫފް

Feb 14, 2019
5

ގޭންގުތަކާ މަޝްވަރާ ކުރަނީ "ރަނގަޅު ނިޔަތުގައި" ކަމަށާއި އެއީ "ޖަރީމާއެއް ހިނގަން ނޫން" ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

މި މޭރުމުން މިނިސްޓަރު ވާހަކަފުޅު ދެއްކެވީ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ މަޝްވަރާ ކުރަނީ މީހުން މުޖުތަމައަށް ނެރެން ކަމަށާއި އެފަދަ މަޝްވަރާއެއްގެ ވާހަކަ ވިދާޅުވީ ވެސް ރަނގަޅު ނިޔަތުގައި ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެ ވާހަކައިގެ މާނަ އޮޅުވާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގޭންގުތަކުގެ އުދަނގުލާއި މީހުން މެރުމާއި މާރާމާރި ހިންގާ ވާހަކަ އަބަދު އޮންނަ އިރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޭންގުތަކުގެ މައްސަލަ ކަމަށެވެ. އަދި ވިދާޅުވީ އެކަން ހައްލުވާނީ މުގުރުން ނޫން ކަމަށެވެ.

"އެ މީހުންނާއެކު ވެސް މަސައްކަތް ކުރަންޖެހޭ. އެ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަންޖެހޭ. އަޅުގަނޑު ނުބުނަމޭ އަޅުގަނޑުމެން މިއުޅެނީ އެމީހުންއެކު މަޝްވަރާއެއް ކޮށްގެން ޖަލުތަކުގައި ތިބި އެމީހުންގެ މީހުން ދޫކޮށް ޑީލްއަކަށް ދާ ވާހަކައެއް" މަހުލޫފު ވިދާޅުވި އެވެ.