ރާއްޖޭގެ މަސް ބޯޓެއް އިންޑިއާގެ ކޯސްޓްގާޑުން ހިފަހައްޓައިފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރާއްޖޭގެ ބޯޓު ހިފެހެއްޓީ މަލިކު ކައިރީގައި މަސް ބާނަމުން ދަނިކޮށެވެ. އެ ބޯޓު އަދިވެސް ވަނީ އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ވެސް ލިބިފައިވާ ކަމަށާއި އެކަން ބަލައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ހިފެހެއްޓި ބޯޓާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.
އެހެން ގައުމުތަކުގެ އިގްތިސޯދީ ޒޯނަށް ވަދެ މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ.
އޮފިޝަލް ވިދާޅުވީ ބޯޓު ހިފެހެއްޓީ އިންޑިއާ ސަރަހައްދުގެ ވަރަށް އެތެރެއަށް ވަދެފައިވަނިކޮށް ކަމަށެވެ. އެކަން ފޮރިން މިނިސްޓްރީން ވެސް ދަނީ ބަލަމުންނެވެ.
ރާއްޖޭގެ އިގްތިސޯދީ ޒޯނަށް ވަންނަ ބޭރުގެ ބޯޓުތައް ވެސް ހިފަހައްޓައި ފިޔަވަޅު އަޅަ އެވެ.