އެމްއެންޑީއެފް

އިންޑިއާ ސިފައިން ދިވެހި މަސްދޯންޏަކަށް އަރާ ބިރު ދެއްކި މައްސަލައެއް ފެންމަތިވެއްޖެ

އިންޑިއާގެ އަސްކަރިއްޔާ ކަމަށް ބުނާ ބަޔަކު ދިވެހި މަސްދޯންޏަކަށް އަރާ ބިރު ދެއްކި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދޫ "އަސުރުމާ 3" ދޯންޏަށް އިންޑިއާ އަސްކަރިއްޔާ ކަމަށް ބުނާ މަނަވަރެއް ކައިރިކޮށް ދޯންޏަށް އަރާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑު ފެތުރިފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސް ދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ.

އެ ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އިތުރު ތަފުސީލެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ.