އެކްސިޑެންޓް

ހައިވޭގައި ކާރު އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

Feb 17, 2019
1

ސިނަމާލެ ބުރިޖާ ގުޅޭ ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލު ނުވެ، ހައިވޭގެ ފެންސްގެ ބައެއް ފަޅާލައި މޫދާ ދިމާއިން ތޮށިގަނޑުގައި ޖެހިއްޖެ އެވެ.

މި ހާދިސާގައި ދެ މީހަކަށް އަނިޔާވި އެވެ. އެ ކާރުގައި އެވަގުތު ތިބީ ވެސް ދެ މީހުންނެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ މެންދަމު 3:00 ޖެހި އިރު އެވެ. ހުޅުމާލެއިން މާލެއަށް ދަތުރުކުރި އެ ޕްރައިވެޓް ކާރު ކޮންޓްރޯލް ނުވެ ތޮށިގަނޑުގައި ޖެހުމުގެ ކުރިން ފެންސާއި ހޮޅިދަނޑިއެއްގައި ޖެހި ބޮޑު ބައެއް ހަލާކުވެފައި ވެއެވެ. އަދި ކާރުގެ ބޮޑު ބައެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

ކާރުގައި ތިބި ދެ ފިރިހެނުންނަށް ފަރުވާ ދެނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. އެ ދެމީހުނަށް އެކި ވަރުގެ އަނިޔާވި ނަމަވެސއް ހާލު ސީރިއަސްކަން ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.