ހަބަރު

ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ

ހައިވޭ މަތީގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް: ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވި
50%
0%
50%

ހުޅުމާލެ ހައިވޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެ ބްރިޖް ހައިވޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓުވި ކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 18:40 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް ވެސް އެކި ވަރުގެ އަނިޔާވި ކަމަށާއި ނަމަވެސް ހާލު ސީރިއަސް ވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށީ އޭގެ ތެރެއިން ދެ މީހަކަށް ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ އެކްސިޑެންޓުގައި އަނިޔާވެގެން އެ ހޮސްޕިޓަލުން ފަރުވާ ދެމުން ދަނީ 20 އަހަރުގެ ފިރިހެނަކަށާއި 21 އަހަރުގެ އަންހެނަކަށެވެ. ދެ މީހުންގެ ފަޔަށް އެކި ވަރުގެ ޒަހަމް ލިބިފައިވާ ކަމަށާއި ފިރިހެން މީހާގެ މަތީ ތުންފަތް ފަޅައިގެން ގޮސްފައިވާއިރު ދެ ދަތް ބިންދައިގެން ގޮސްފައިވާ ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓް ހިނގިއިރު ދެ ސައިކަލު ދުއްވި ދެ މީހުންގެ އަތުގައި ވެސް ލައިސަންސް އޮތެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910