ހަބަރު

އެމްޑީޕީގެ "އިންސާފުގެ ހިނގާލުން" އަންގާރަ ދުވަހު

"އިންސާފުގެ ހިނގާލުން" މި ނަމުގައި އަންނަ އަންގާރަ ދުވަހު އެމްޑީޕީން ހިނގާލުމެއް ބާއްވަން ރާވާފައިވާ ކަމަށް އެޕާޓީ އިން ބުނެފި އެވެ.

އެމްޑީޕީ ސިލްސިލާކޮށް ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް މިއަދު ވިދާޅުވީ، އަންނަ އަންގާރަ ދުވަހު އެޖެންޑާ 19 ގައި ހަރަކާތެއްގެ ގޮތުގައި "އިންސާފުގެ ހިނގާލު" ން އޮންނާނެ ކަމަށެވެ. އެ ހިނގާލުން ފަށާނީ އެ ދުވަހުގެ ހަވީރު 4:15 ގައި އެމްޑީޕީ ހަރުގެ ކުރިމަތީން ކަމަށް ވެސް ވިދާޅުވި އެވެ. ހިނގާލުން ކުރިއަށްދާނީ ހަރުގެ އިން ފެށިގެން މަޖީދީމަގުގެ އަނެއްކޮޅަށެވެ.

އަފްޝަން ވިދާޅުވީ، އެ ހިނގާލުމަކީ އެޖެންޑާ 19 ގައި ހިމެނޭ އިންސާފުގެ ސިޔާސަތުތައް ލޯންޗް ކުރުމުގެ ގޮތުން ބާއްވާ ހިނގާލުމެއް ކަމަށާއި ހިނގާލުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެޖެންޑާ 19 އަކީ މިއަހަރުގެ އޮންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ސްލޯގަން އެވެ. އެޖެންޑާ 19 ގައި ހިމެނޭ
ކަންކަންވެސް އެމްޑީޕީ އިން ވަނީ ހާމަކޮށްފަ އެވެ.