ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް) ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ ސްޓައިލް ޕާޓްނަރަކަށް ނޯޓް ކޮސްމެޓިކްސް ހަމަޖައްސައިފި އެވެ.
ވިމެން އިން މެނޭޖްމަންޓް އިން އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާ ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ އޮބްސްޓަކަލް ދުވުމުގެ ސްޓައިލް ޕާޓްނަރަކަށް ނޯޓް ކޮސްމެޓިކްސް ހަމަޖައްސާފައިވަނީ ނޯޓް ފިހާރައިގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ކޮކޯ ޝީކް "ރަން ވިތް އަސް 2019" އޮބްސްޓަކަލް ދުވުމުގައި 5000 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ވެފައިވާކަމަށް ވިމެން އިން މެނޭޖްމަންޓުން މައުލޫމާތުދެ އެވެ. އަދި މިއީ 3.75 ކިލޯމީޓަރުގެ ދުވުމެކެވެ.
ސްޓައިލް ޕާޓްނަރުގެ ގޮތުގައި ނޯޓް ކޮސްމެޓިކްސްގެ ފަރާތުން ދުވުމުގެ ބައިވެރިންނަށް ހާއްސަ ހަދިޔާ ތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ކޮކޯ ޝީކް "ރަން ވިތް އަސް 2019" އޮބްސްޓަކަލް ދުވުމުގެ އޮބްސްޓަކަލްތައް ހާއްސަކޮށްފައިވަނީ މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޝިއާރު ކަމަށްވާ "ބެލެންސް ފޯ ބެޓަރ ލައިފް"އާ ގުޅޭ ގޮތަށެވެ.
މިއީ ވިމެން އިން މެނޭޖްމަންޓް އިން އަންހެނުންގެ ދުވަހުގެ ހާއްސަ އޮބްސްޓަކަލް ދުވުން "ރަން ވިތް އަސް" ބާއްވާ
ދެވަނަ އަހަރެވެ.