ޕްރޮމޯޝަން

"ނޯޓް"ގެ ބީބީ ކްރީމް ކޮންމެ ދުވަހަކަށް ހާއްސަކޮށްލާ!

ބައެއް މީހުންނަކީ ކޮންމެ ދުވަހަކަށް އެހާ ބޮޑު މޭކަޕެއް ކުރާ ބައެއް ނޫނެވެ. އަދި ދުވާލަކު ދެތިންފަހަރު މޭކަޕްގެ ގޮތުގައި ފައުންޑޭޝަން އުނގުޅުމަށް ބައެއް މީހުން ދެކޮޅު ހަދާއިރު ބޭނުންވަނީ ފަސޭހައިން އުނގުޅާލެވޭނެ ލުއި މޭކަޕެއް ކޮށްލާށެވެ. ނޯޓް ކޮސްމެޓިކްސްގެ "ބީބީ ކްރީމް" އަކީ ހަންގަނޑަށް ފަސޭހަވާނެހެން ކޮންމެ ދުވަހަކު ލުއި މޭކަޕެއް ކޮށްލުމަށް އެންމެ ފުރިހަމަ ކްރީމެވެ.

ނޯޓް ކޮސްމެޓިކްސްގެ "ބީބީ ކްރީމް"އަކީ ހަމުގެ ކުލަ އެއްވަރު ކޮށްދީ މާ "ނެޗުރަލް" ލުކް އެއް ގެނެސްދޭ ކްރީމް އެކެވެ. މި ކްރީމްގައި ހިމެނޭ "އެސްޕީއެފް 15" އާއެކު، އަވިން ހަންގަނޑު ސަލާމަތް ކުރުމަށް އެހީވެދީ، މޫނުގެ ކުލަ އެއްވަރެއްގައި ހިފަހައްޓާނެ އެވެ. މީގެ އިތުރުން ނޯޓް ގެ "ބީބީ ކްރީމް"ގައި ހިމެނޭ "ވީޓް ޖާމް" އިން ހަންގަނޑު ޒުވާންކަމަށް ދައްކާނެ އެވެ. މީގައި ހިމެނޭ ވިޓަމިންސް އާއި މިނަރަލްސް އިން ހަމުގައި ތާޒާކަން ދަމަހައްޓައިދީ، ލުއި މޭކަޕްތަކަށް ލޯބި ކުރާ މީހުންނަށް މި ބީބީ ކްރީމް އިން ފަސޭހަ މޭކަޕެއް ކޮށްލެވޭނެ އެވެ.

ނިއު އެޑިޝަނުން މިހާރު ރާއްޖެއަށް ތައާރަފު ކޮށްފައިވާ "ނޯޓް" ބްރޭންޑްގެ ކޮސްމެޓިކްސްއަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސިއްރަކީ މި ބްރޭންޑްގެ މޭކަޕްގެ ކޮލިޓީ އެވެ. މި ބްރޭންޑުގެ ހުރިހާ ޕްރޮޑަކްޓުތަކެއް އުފެއްދުމަށް ބޭނުންކޮށްފައި ވަނީ ވިޓަމިންސް އާއި މިނަރަލްސް އަދި ހަމަށް ފައިދާވާ ތަފާތު މާއްދާތަކުން މުއްސަނދިވެފައިވާ ތަކެއްޗެވެ.

ނޯޓްގެ "ބީބީ ކްރީމް" އިން ކޮންމެ މުނާސަބަތަކަށް ވެސް ވަރަށް ގުޅޭނެ މޭކަޕެއް ކޮށްލެވޭނެ އެވެ. މި ކްރީމް ލުއިވެފައި ބޭނުން ކުރަން ފަސޭހަވުމުގެ އިތުރުން މިއީ ގުދުރަތީ މާއްދާތައް ހިމެނޭ ހަމަށް ފައިދާ ހުރި މޭކަޕްގެ ޕްރޮޑަކްޓުތަކެކެވެ.