ޕްރޮމޯޝަން

ނޯޓް ކޮސްމެޓިކްސްއިން އަލަށް ތައާރަފުކުރީ ގިފްޓް ސެޓްތަކެއް

މީހަކަށް ހަދިޔާއަށް ދޭން ގަންނާނެ މޭކަޕެއް ނޭނގިގެން ދެން އުޅޭކަށް ނުޖެހޭނެ އެވެ. ނޯޓް ކޮސްމެޓިކްސްއިން އަލަށް ނެރުނު ގިފްޓް ސެޓްތަކަކީ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލެވެ.

އުރީދޫ ކަލާ ރަންއަށްފަހު އެ ރޭ ބޭއްވި ފޯރިގަދަ ޝޯގައި ނޯޓް ކޮސްމެޓިކްސްގެ ގިފްޓް ސެޓްތަކެއް ވަނީ ނެރެފައެވެ. މި ގިފްޓް ކިޓްތަކުގައި ތިން ވައްތަރެއް ހިމަނާފައިވާއިރު، މިއިން ކޮންމެ ބޮކްސް އެއްގައިވެސް ހިމެނެނީ ވަކި ހާއްސަ ޕްރޮޑަކްޓްތަކެކެވެ.

މަސްޓް ހޭވް ގިފްޓް ސެޓް

މި ސެޓްގައި ހިމެނެނީ އައިލައިނާ އަކާއި، ސެމީ މެޓް ލިޕްސްޓިކްއެއްގެ އިތުރުން މަސްކަރާ އެކެވެ. ލޭޝް މާސްޓަ މަސްކަރާގައި ލޮލުގެ ނާޒުކު އެސްފިޔަތަކަށް ފައިދާ ލިބޭނެހެން ވިޓަމިން އީ އެކުލެވިގެންވެ އެވެ. އަދި އެސްފިޔަތައް ދިގުކަމަށްވެސް ދައްކާނެ އެވެ. މި ކިޓްގައި ހިމެނޭ މިނެރަލް ސެމީ މެޓް ލިޕްސްޓިކްއަކީ ވެލްވެޓް ޓެކްޗާ ހިމެނޭ ގޮތައްް އުފައްދާފައިވާ ލިޕްސްޓިކްއެކެވެ. މި ސެޓްގެ ޕްރޮޑަކްޓުތަކުން ލުކް އެއްް ފުރިހަމަކޮށްލުމަށް އެންމެ ބޭނުންވާ ޕްރޮޑަކްޓު، އައިލައިނާއަކީ ވެސް ފަސޭހައިން އަޅާލެވޭނެ ގޮތައް އުފައްދާފައިވާ ޕްރޮޑަކްޓެކެވެ.

ފޭސް ޓު ފޭސް ގިފްޓް ސެޓް

ފޭސް ޓު ފޭސް ގިފްޓް ކިޓް އަކީ މޫނުގައި މާ ގިނަ އެއްޗެހި ބޭނުންނުކޮށް ސޮފްޓް ނެޗުރަލް ލުކް އެއް ގެނައުމަށް ހަމަ އެންމެ ބޭނުންވާ ޕްރޮޑަކްޓުތައް ހިމެނޭ ސެޓެކެވެ. މި ސެޓްގައި ހިމެނޭ ޓެރަކޯޓާ ޕައުޑާ ވަން ސްޓާ ޑަސްޓުން މޫނަށް ނެޗުރަލް އަދި ހެލްތީ ލުކް އެއް ގެނެވޭނެ އެވެ. އަދި މި ޕައުޑާގައި ހިމެނޭ މެކެޑޭމިއާ އޮއިލްއިން މޫނުގެ ހަންގަނޑު ޒުވާންކަންމަތީ ބެހެއްޓުމަށް އެހީވެ ދެ އެވެ. މި ކިޓްގައި ހިމެނޭ ޕާފެކްޓިން ޕެން ވަން އިން މޫނުގައި ހުރި ޑާކް ސްޕޮޓްސް ފޮހެލުމަށް ފަސޭހައިން އެހީވެދޭނެ އެވެ. އަދި މި ނެޗުރަލް ލުކް އަށް އިތުރު ފުރިހަމަ ކަމެށް ގެނެސްދިނުމަށް ކިޓްގައި ހިމެނޭ ޕިންކީ ބީޗް ބްލަޝާ ބޭނުން ކޮށްލާށެވެ. މި ބްލަޝާ އަކީ މަދުން ޖައްްސަން ބޭނުން ވިޔަސް ގިނައިން ޖައްސަން ވިޔަސް އޭގެ ކަވަރޭޖް ބިލްޑް ކުރެވޭނެ ގޮތަށް އުފައްދާފައިވާ ބްލަޝާ އެކެވެ. މި ޕްރޮޑަކްޓުތައް ބޭނުންކޮށްގެން ކޮންމެ ވަގުތަކާވެސް ގުޅޭ ހެލްތީ ނެޗުރަލް ލުކް އެއް ގެނައުމަށް ވަރަށް ފަސޭހަވާނެ އެވެ.

ގެޓް ލިޕީ ގިފްޓް ޕެކް

ގެޓް ލިޕީ ސެޓަކީ ތުންފަތަށް ބޭނުންވާ ޕްރޮޑަކްޓުތައް ހިމެނޭ ސެޓެކެވެ. މި ސެޓްގައި ހިމެނޭ ބީބީ ލިޕް ކަރެކްޓާ ވަން އިން ތުންފަތުގެ މޮއިސްޗާ ހިފަހަައްޓައިދޭނެ އެވެ. އަދި މި ކިޓްގެ އަލްޓްރާ ރިޗް ލިޕް ޕެންސިލް ސިކްސް ނޯޓް ރެޑް އިން ތުންފަތް ކައިރީ އެޅުމަށްފަހު ކިޓްގައި ހިމެނޭ މިނެރަލް މެޓް ލިޕް ކްރީމް ބޭނުން ކުރުމުން ކިތަންމެ ގިނައިރެއް ވިޔަސް ތުންފަތުން ކުލަ ފޮހެވި ތުންފަތް ކުރަކި އެއް ނުވާނެއެވެ.

މި ގިފްޓް ސެޓްތައް ތައާރަފު ކުރުމާ ގުޅޭ ގޮތުން ނޯޓް ކޮސްމެޓިކްސްގެ ރާއްޖޭގެ ބްރޭންޑް މެނޭޖަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ގޮތަށް ގިފްޓް ކިޓްތަކެއް ތައްޔާރު ކުރީ ވަރަށް ގިނަ މީހުންނަށް ގަންނާނެ މޭކަޕެއް ނޭނގިގެން އުޅެން ޖެހުމުން އެކަން ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ. އަދި މިއީ ޒުވާން ކުދިން އުފަން ދުވަހަށް ނުވަތަ އެނިވާސަރީ ފަދަ ދުވަސްތަކަށް ފަސޭހައިން ހަދިޔާ ކޮށްލެވޭނެ ކިޓްތަކެއް ކަމަށެވެ. އަދި މި ގިފްޓް ސެޓްތައް ގަތުމުން ވަކިވަކިން ޕްރޮޑަކްޓްތައް ގަތުމަށްވުރެ މާ އަގު ހެޔޮ ވާނެ ކަމަށްވެސް ބުންޏެވެ.

ވަރަށް ގިނަ ފަހަރު އުޅޭނެ ނަގަންވީ ކޯއްޗެއްކަން ނޭގިގެން. އަދި ޒުވާން ކުދިން ބާތްޑޭތަކަށް އަދި އެނިވާސަރީ ތަކަށް ވިޔަސް ޗޫސް ނުކުރެވިގެން އުޅޭނެ. މި ކިޓްތަކުގެ ސަބަބުން ވަކިވަކިން ގަނެ އެ ޕެކް ކުރުމުގެ ބަދަަލުގައި ފަސޭހައިން އެެކަން ނިންމާލެވޭނެ. އަދި މިހެން ގަަތުމުން މާ ބޮޑުތަންވެސް އަގުހެޔޮ ވެގެން ދާނެ.
ނޯޓް ކޮސްމެޓިކްސްގެ ރާއްޖޭގެ ބްރޭންޑް މެނޭޖަރު އަހުމަދު ޝިޔާމް

މި ގިފްޓް ސެޓްތައް ކަލާ ރަންގެ ޝޯގައި ތައާރަފުކޮށްފައިވާއިރު، އެ ދުވަހު ބޭއްވި ހާއްސަ ގުރުއަތު ނެގުމަކުން މީގެ ގިފްޓް ސެޓެއް ތިން ނަސީބުވެރިއަކަށް ވަނީ ދީފަ އެވެ. ގިފްޓް ސެޓްތައް ނަސީބުވެރިންނަށް ދިނީ ނޯޓް ކޮސްމެޓިކްސްގެ ބުރުގާ ފޭސް، ލަވަކިޔުންތެރިޔާ ސަމާ އެވެ. އަދި މި ޝޯގައި ސަމާގެ ފޯރިގަދަ ހުށަހެޅުމަކާއި، ނޯޓް ކޮސްމެޓިކްސްއަށް ހާއްސަކޮށް ލަވައެއްވެސް ވަނީ ނެރެފަ އެވެ.