ޕްރޮމޯޝަން

ނޯޓް ކޮސްމެޓިކްސް ހުޅުމާލެ އާއި ވިލިމާލެއަށް

ރާއްޖޭގައި މިހާރު އެންމެ މަޝްހޫރު އެއް މޭކަޕް ބްރޭންޑް ކަމުގައިވާ "ނޯޓް" ކޮސްމެޓިކްސް ހުޅުމާލެ އާއި ވިލިމާލެއިން ލިބޭނެ ގޮތް ހަދައިފި އެވެ.

ރޭ ހުޅުމާލޭގެ "ލަ ރޯސާ" ފިހާރައިގައި ބޭއްވި ރަސްމިއްޔާތުގައި، ނޯޓް ކޮސްމެޓިކްސް ހުޅުމާލެ އަދި ވިލިމާލެ ޑިސްޓްރިބިއުޓަރަށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ މޭކަޕް އާޓިސްޓު ސުއިޒާ އިބްރާހީމާއި ޕައިލެޓް ފަސްޓް އޮފިސަރު ހައްވާ ތައުފީގު އަދި ނޯޓުގެ ބުރުގާ ފޭސް ސަމާހާ މޫސާ އެވެ.

އެކަމަަށްޓަކައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ހަބޭސް ބޮޑުބެރުގެ ފޯރިގަދަ ހުށަހެޅުންތަކެއް ވެސް ފެނިގެންދިޔަ އެވެ.

ނިއު އެޑިޝަންއިން ނޯޓް ކޮސްމެޓިކްސްގެ ޕްރޮޑަކްޓްތައް ވިލިމާލޭއިން ލިބޭނީ އަލިޝްބާ ފިހާރައިންނެވެ. އަދި ހުޅުމާލޭގެ ލަ ރޯސާ ފިހާރައިންނެވެ.

ނޯޓް ކޮސްމެޓިކްސްގެ ރާއްޖޭގެ ބްރޭންޑް މެނޭޖަރު އަހުމަދު ޝިޔާމް ވިދާޅުވީ ނޯޓް ކޮސްމެޓިކްސްއަށް އޮންނަ ތަރުހީބު ދިވެހިންގެ މެދުގައި އިތުރުވަމުންދާ ކަމަށާއި ހުޅުމާލެ އަދި ވިލިމާލެއަށް ނޯޓް ކޮސްމެޓިކްސްގެ ޕްރޮޑަކްތްތައް، ޑިސްޓްރިބިއުޓަރުން މެދުވެރިކޮށް ތައާރަފުކުރީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށެވެ.

ނޯޓް ކޮސްމެޓިކްސްއަކީ ރަލާ، އޫރު އަދި ކެންސަރަށް މަގުފަހިވާފަދަ ގޮތްނޭނގޭ ކެމިކަލްތަކުން އެއްކިބާވެ، ހަލާލް ސެޓްފިކެޓްގެ ދަށުން، އަންހެނުންގެ ނާޒުކު ހަމަށް ފައިދާހުރި ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ޔޫރަޕްގެ ލަގްޒަރީ ބްރޭންޑެކެވެ.