ހަބަރު

އެމްއާރުއެމް އުފެއްދުމުގެ ހުއްދަ އީސީއިން ދީފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމް އުފެއްދުމުގެ ހުއްދަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

އެ ހުއްދަ އީސީގެ ފަރާތުން މިއަދު ވަނީ އެމްއާރުއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކާ ހަވާލުކޮށްފަ އެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އީސީއިން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ 3،000 ސޮއި ހަމަކުރުމުން އެވެ.

އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އަބްދުﷲ ކަމާލުއްދީން ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ، ރައީސް މައުމޫނުގެ ފިކުރަކީ މީގެ 27 އަހަރު ކުރިއްސުރެ ރާއްޖޭގައި އޮތް ފިކުރެއް ކަމަށާއި، ނަމަވެސް ދިމާވި ގާނޫނީ ސަބަބތުތަކާ ހެދި ރައީސް މައުމޫނުގެ ފިކުރަށް އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ އެހެންކަމުން އެމްއާރްއެމްއިން ކުުރާނެ އެންމެ މުހިންމު މަސައްކަތަކީ މައުމޫންގެ ފިކުރު އަލުން ރާއްޖޭގައި އަށަގެންނެވުން ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގާނޫނީ ސަރުކާރު ދެމެހެއްޓުމަކީ ވެސް އެ ޕާޓީގެ މުހިންމު މަސައްކަތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއާރްއެމް އަކީ މައުމޫން އިސްވެ ހުންނަވައިގެން އުފައްދާ ތިން ވަނަ ސިޔާސީ ޕާޓީ އަށެވެ. މައުމޫން އެންމެ ފުރަތަމަ އުފެއްދީ ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީ އެވެ. އެއަށް ފަހު ޕްރެގެރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އުފެއްދެވި އެވެ.

މައުމޫން ކުރިން އުފެއްދި ޕާޓީ ޕީޕީއެމްގެ ރައީސް ކަަމުން އެމަނކުފާނު ދުރުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެޕާޓީން ބޭއްވި ހާއްސަ ކޮންގްރެސްގަ އެވެ. އެ ކޮންގްރެސްގައި ޕާޓީގެ މުޝްތަޝާރު ކަމުގެ މަގާމު ހަވާލުކޮށްފައި ވަނީ އޭރުގެ ރައީސް ޔާމީން އަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާމިނަތު ނާދިރާ ވިދަޅުވީ، އިސްލާހީ މަސައްކަތް ރައީސް މައުމޫންއާ ގުޅިގެން ކުރައްވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެމްްއެމްއާރްއެމް އުފެދުނީ ރައީސް މައުމޫނުގެ އާއިލީ ބޭފުޅުންގެ ތެރެއިން ޖަލަށް ؛ލެވުނު ފާރާތްތަކުގެ އެއްބާރުލުމާ އެކުގައި ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވަނީ، ގާނުނީ ސަރުކާރެއް ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންންށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ޖަލަށް ލާފަ އެވެ،