ކަލާ ބެންކް އިން ބާއްވާ ސިކެންސް އޮޓޯމޯޓިވް ޕެއިންޓްގެ ޓްރެއިނިންގައި މިއަހަރު ބައިވެރިވާ ފަރާތްތަށް އިންޑޮނޭޝިއާއަށް ފުރައިފި އެވެ.
ކަލަ ބޭންކުން ބުނީ، އެ ޓްރެއިނިންގައި ކަލާ ބޭންކުގެ ތިން މުވައްޒަފުންނާއެކު ފަސް ކަސްޓަމަރަކު ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި އެމްއެންޓީއެފްގެ ބޭފުޅުންވެސް ހިމެނޭ ކަމަށެވެ.
މި ތަމްރީންތައް އިންޑޮނޭޝިއާގެ ޖަކާޓާގައި އިއްޔެއިން ފެށިގެން ހުކުރު ދުވަހާއި ހަމައަށް ކުރިއަށްދާނެ އެވެ.
ކަލަ ބެންކުން ބުނީ، މިއަހަރުގެ ތަމްރީންގައި ބައިވެރިވާ ފަސް ކަސްޓަމަރުންގެ ތެރެއިން އެއް ކަސްޓަމަރަކީ ކަވާ
ބެންކުގެ ފުލް ސްޕޮންސާގެ ދަށުން ބައިވެރިވާ ފަރާތެއް ކަމަށެވެ. އެއީ މިދިޔަ އަހަރު ބޭއްވި ސެމިނާގެ ލަކީ ޑޮރޯގެ ނަސީބުވެރި
ކުންފުނި ބާބަ އޮޓޯ ގަރާޖްގެ އޯނަރު އަހުމަދު ޝާން ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމް ތަކުގައި ސިކެންސް ޕެއިންޓްގެ ފަހުގެ ޓެކްނޮލޮޖީއާ އެކު ބޭނުންކުރާނެ ގޮތްތައް ބައިވެރިންނަށް
ކިޔައިދޭނެ ކަމަށެވެ. މީގެ އިތުރުން ގަރާޖް ތަކުން މީހުންނަށް ދޭ ހިދުމަތްތަށް އިތުރަށް ހަރުދަނާ ކުރާނޭ ގޮތްތަށް އުގަންނާ ދޭނެ ކަމަށެވެ. އަދި އެއްގަމު އުޅަދުގައި ކުލަލުމުގައި ދިމާވާ ދަތިތަށް ހައްލު ކުރާނެ ތަފާތު ގޮތްތައް ކިޔައިދީ އަމަލީ ތަޖްރިބާވެސް ޓްރެއިނިންގައި ކިޔާދޭނެ ކަމަށްވެސް ކަލަބޭންކުން ބުންޏެވެ.