ރައްޔިތުންގެ މަޖިލިސް

އައިޕީޔޫ ބައްދަލްވުމަށް ހަތަރު މެންބަރަކު އިންޑޮނޭޝިއާއަށް

Mar 19, 2022

އިންޓާ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 144 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރަކު އިންޑޮނޭޝިއާއަށް ފުރާވަޑައިގެންފި އެވެ.

އައިޕީޔޫގެ މިފަހަރުގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގަންނަވަނީ އިދިކޮޅު ދެ ޕާޓީއަށް ނިސްބަތްވާ ދެ މެންބަރަކާއި އެމްޑީޕީގެ ދެ މެންބަރެކެވެ.

އެމްޑީޕީގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު އާއި މަކުނުދޫ ދާއިރާގެ މެންބަރު ރާއީ އެވެ. އަދި ޕީޕީއެމްގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ބައިވެރިވެވަޑައިގަންނަވާއިރު ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަަރު އެވެ.