އާދަމް ޝަރީފު އުމަރު

ބިރުގަންނަ ވަރަށް އިންތިހާބަށް ނުފޫޒު ފޯރުވާ: އާދަމް ޝަރީފު

މަޑުއްވަރި ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފު
0%
0%
0%

ބިރުގަންނަ ވަރަށް ސަރުކާރުގެ ތެރެއިން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް މަޑުއްވަރި ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާދަމް ޝަރީފު ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން އެތައް ކަމެއް ކުރަމުންދާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ބިރުގަންނަ ވަރަށް، ރާއްޖޭގައި މިހާރު ބާއްވަން މިއުޅޭ ރިޔާސީ އިންތިހާބުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ވަރަށް ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކާ ހިންގަމުންދޭ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަ ދެއްކޭނެ ގޮތެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރަ 40 ޕަސަންޓަށް ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމަކީވެސް އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް ނުބޭއްވި ގިނަ ދުވަސްވުމަކީ ކަންބޮޑުވުމެއް ކަމަށާއި ބިލުތަކާއި މަޖިލީހަށް ހުށަހެޅޭ ކަންކަން ކުރިއަށް ނުގެންދެވި "ޑެޑްލޮކަކަށް" ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

މަޖިލީހުގެ މަސައްކަތްތައް ފަހުން ހުއްޓުނީ ޗާގޯސް އާއި ރާއްޖޭގެ ކަނޑުގެ އިމުގެ މައްސަލައިގައި ދެ ވަޒީރެއްގެ އިތުރުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ސަރުކާރުގެ ރޭވުމަކުން ކަމަށް އާދަމް ޝަރީފު ތުހުމަތުކުރެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345