އާދަމް ޝަރީފު އުމަރު

ފާސް ނެތް ބަޔަކު ވޯޓުލާ މަރުކަޒުތަކުގައި އުޅޭ ކަމަށް ތުހުމަތުކޮށްފި

ވޯޓުލާ މަރުކަޒެއްގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ވޯޓުލާ މަރުކަޒުގައި އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވާ ފާސް ނެތި ގިނަ ބަޔަކު ހަރަކާތްތެރިވަމުންދާ ކަމަށް ބުނެ ޕީޕީއެމް ޕީއެންސީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭގެ ގިނަ ވޯޓު ފޮށިތަކުގައި މޮނިޓަރުންނާއި އޮބްޒާވަރުން ނެތުމާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ކާޑު ނެތުމަކީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މި މައްސަލަ ހައްލު ކުރަން ޖެހޭނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

މި މައްސަލަ ރަނގަޅަށް ބަލައި އޮބްޒާވް ކުރުމަށްވެސް ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ އޮބްޒާވަރުންނަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ވޯޓު ފޮށިތައް އޮބްޒާވް ކުރަން ނުވަތަ މޮނިޓާ ކުރުމުގެ ހުއްދަ ކަމާބެހޭ ފަރާތްތަކަށް ނުލިބުމަކީ އިންސާފުވެރި އިންތިހާބެއް ކުރިއަށް ގެންދިޔުމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.

ވޯޓު ފޮށިތައް އޮބްޒާވް ކުރަން ނުވަތަ މޮނިޓާ ކުރުމުގެ ހުއްދަ ކަމާބެހޭ ފަރާތްތަކަށް ނުލިބޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި ނަމަވެސް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ދީފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345