ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ހުޅުވާލައިފި

ޕީއެންސީން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ޕާޓީގެ އިސް ބޭފުޅުން --
0%
0%
0%

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް -- ޕީއެންސީގެ ރިޔާސީ ޓިކެޓްގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީން ނިންމީ އެ ޕާޓީން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގަ އެވެ.

ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް އެދޭ ބޭފުޅުން މިއަދު މެންދުރުފަހު 2:00 ގެ ކުރިން ޕާޓީގެ ރައީސްއަށް އެޑްރެސްކޮށް ޝައުގުވެރިކަން ލިޔުމުން ފާޅުކުރަންޖެހެ އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުންގެ ތެރެއިން ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ބޭފުޅެއް ކަނޑައެޅުން އޮންނާނީ މިއަދު ހަވީރު 4:00 ގައި ބާއްވާ ޕާޓީގެ މަޝްވަރާ މަޖިލީހުގަ އެވެ.

ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަކުރަން ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޕާޓީގެ ރިޔާސީ ޓިކެޓަށް މިހާތަނަށް ޝައުގުވެރިކަންފާޅު ކޮށްފައިވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910