ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ވަގުތު ހަމަވިއިރު ޕީއެންސީގެ ޓިކެޓަށް ކުރިމަތިލެއްވީ އާދަމް ޝަރީފާއި މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު އާއި އާދަމް ޝަރީފު
0%
0%
0%

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް -- ޕީއެންސީގެ ރިޔާސީ ޓިކެޓަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ކުރިމަތިލެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ކަމަށް އެ ޕާޓީން ބުނެފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީއެންސީން ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ މަޝްވަރާ ބައްދަލުވުމުގަ އެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަށް ހުޅުވާލި ފުރުސަތު ހަމަވީ މިއަދު މެންދުރުފަހު 2:00 އަށެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓްގައި ވާދަކުރާނެ ބޭފުޅެއް ކަނޑައެޅުން އޮންނާނީ މިއަދު ހަވީރު 4:00ގައި ބާއްވާ ޕާޓީގެ މަޝްވަރާ މަޖިލީހުގަ އެވެ.

އެ ޕާޓީގެ ރިޔާސީ ޓިކެޓްގައި ވާދަކުރެއްވުމަށް މުއިއްޒު ކުރިމަތިލައްވާފައިވާއިރު މުއިއްޒު މިއަދު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ. ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ހުށަހެޅޭނީ އެ ޕާޓީގެ މެންބަރަކަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީއެންސީން ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345