ހަބަރު

96،000 ރުފިޔާގެ އަގު ހުރި ކޮކޭން އަތުލައިފި

Feb 21, 2019
1

ކޫރިއާ މެދުވެރިކޮށް ރާއްޖެ ގެނައި 96،000 ރުފިޔާގެ އަގު ހުރި ކޮކޭން އަތުލައިގެންފި އެވެ.

ރާއްޖޭގެ ކަސްޓަމްސް އިން ބުނީ ނެދަލެންޑުގެ މަގުން ރާއްޖެއަށް މަސްތުވާތަކެތީގެ އެ ޕާރުސަލް ގެނައީ މިދިއަ އަންގާރަ ދުވަހު ކަމަށާއި އެ އަތުލައި ބަލައި ފާސް ކުރިއިރު، މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ 32 ގްރާމުގެ ހުދު ކުލައިގެ ކުނޑިތަކެއް ފެނުނު އިރު އެ ކުނޑިތަކުގެ ތަހުލީލުން ދެއްކީ އެއީ ކޮކޭން ކަމަށް ކަމަށެވެ. އަދި އޭގެ މަގުމަތީ އަގަކީ 96،000 ރުފިޔާ އަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހާ ހަވާލު ކޮށްފަ އެެވެ. ފަހަކަށް އައިސް ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތީގެ ޕާރުސަލް ގެނައުން ވަނީ އިތުރުވެފައެވެ. އޭގެ ތެރެއިން ވަރަށ ގިނަ ޕާރުސަލް އަންނަނީ ނެދަލޭންޑުންނެވެ.