ވިޔަފާރި

ޖޯޑަންގެ ގައުމީ އެއާލައިން ރާއްޖެއަށް އުދުހެން ފަށަނީ

Feb 21, 2019

ޖޯޑަންގެ ގައުމީ އެއާލައިން "ރޯޔަލް ޖޯޑޭނިއަން" ގެ ދަތުރުތައް މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ފަށަން ނިންމައިިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ މޯލްޑިވްސްނެޓްގައިވާ ގޮތުން މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާ ރޯޔަލް ޖޯޑޭނިއަން އުދުހެން ފަށާނީ ޖޯޑަންގެ ވެރިރަށް އަންމާން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ.

މެދުއިރުމަތީން އަންނަ މި އެއާލައިން ހަފުތާއަކު ތިން ފްލައިޓް ރާއްޖެއަށް ބާއްވާނެ އެވެ.

މެދުއިރުމައްޗަކީ ރާއްޖެއަށް ގިނަ އަދަދެއްގެ މީހުން އަންނަ ސަރަހައްދެކެވެ. އެ ސަރަހައްދުން މިދިޔަ އަހަރު 52,114 މީހުން ވަނީ އައިސްފަ އެވެ.

އާ އެއާލައިނެއް އުދުހެން ފަށާއިރު، މިހާރު ސަރުކާރުން ވަނީ މި އަހަރު 1.5 މިލިއަން މީހުން ގެންނަން އަމާޒު ހިފާފަ އެވެ. އަދި މި އަހަރު ނިމެންވާއިރަށް 2.5 މިލިއަން މީހުން ގެނެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.