އެޑްވަޓޯރިއަލް

ކުލައާ ލީޑަރަކަށްވުރެ އަލްހާނަށް ބޮޑީ ދީނާއި ގައުމު

Feb 23, 2019
15

މުޅި ރާއްޖެ ދަންނަ އަލްހާން ފަހުމީ އަކީ ސައުދީ އަރަބިއާގެ ޖާމިޔާ އިސްލާމިއްޔާއިން ސާނަވީ ތަޢުލީމު ފުރިހަމަ ކުރައްވާ މިސްރުގެ ޖާމިއުލް އަޒްހަރުގަ މަތީތަޢުލީމު ހާސިލް ކުރައްވަމުން ރާއްޖޭގެ ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގަތް ބޭފުޅެކެވެ. އަލްހާން ދިވެހިރާއްޖޭގެ ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ 2008 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ތެރެއިން އޭރު ޑީއާރްޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މަޢުމޫން އަބްދުލްޤައްޔޫމްގެ ފަހަތްޕުޅުގަ އެވެ. އަލްހާނަކީ ދިވެހިނާއި ރާއްޖެ އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ފަޟީލަތުއްޝައިޚް އަލްމަރްހޫމް އަބްދުﷲ ޖަލާލުއްދީނަށް މުނިކާފަ ވިދާޅުވާ ބޭފުޅެކެވެ.

ރައީސް މަޢުމޫންގެ ފަހަތްޕުޅުގައި ހުންނަވައިގެން ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތް ނަމަވެސް އަލްހާން އޭރުވެސް އަދި މިއަދުވެސް ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. އެއީ އޭނާ ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާނީ ވަކި ކުލަޔަކަށް ވަކި ސިޔާސީ ލީޑަރަކަށް ބައްލަވައިގެން ނޫނެވެ. މަސައްކަތް ކުރައްވާނީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުން އިސްކުރައްވައިގެނެވެ. ސިޔާސީ މައިދާނުގައި ނިންމަވާ ކޮންމެ ނިންމެވުމެއް ވެސް ނިންމަވާނީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށް އިސްކަންދީގެނެވެ. ވަކި ސިޔާސީ ޕާޓީއަކަށް ވަކި ސިޔާސީ ފިކުރަކަށް ވަކި ސިޔާސީ ލީޑަރަކަށް ބެއްލެވުމެއްނެތި އެވެ. އިހަށްވެސް މިހާރުވެސް އަލްހާން ދައްކަވަނީ އެ ވާހަކަ އެވެ.

އަލްހާންގެ އެ ފިކުރާއިއެކު ސިޔާސީ މައިދާނުގައި ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުގެ ތެރެއިން 2009 ވަނަ އަހަރު ޑިމޮކްރެޓިކް އުސޫލުން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޑީއާރްޕީގެ ޓިކެޓްގައި ފޭދޫ ދާއިރާއަށް ވާދަ ކުރައްވާ ބޮޑު އަޣްލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ އަލްހާން ފޭދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވިއިރު ފޭދޫ ދާއިރާއަކީ ރައްޔިތުންގެ މަޖިލީހުގެ މިދެންނެވި އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވި ދާއިރާ އެވެ. އެގޮތުން ފޭދޫ ދާއިރާއަށް ޖުމްލަ 14 ކެންޑިޑޭޓުން ވާދަ ކުރެއްވި އެވެ.

ވާދަވެރި އިންތިޚާބެއްގެ ތެރެއިން ފޭދޫ ދާއިރާގެ ގޮނޑި އަލްހާން ކާމިޔާބުކުރެއްވުމަށް ފަހު ފޭދޫ ދާއިރާއާއި ޤައުމީ މަސްލަހަތަށް އިސްކަންދީގެން އަލްހާން ކުރައްވަމުން ގެންދެވި ސިޔާސީ މަސައްކަތުގެ މުޅި މަންޒަރު އަދި އޭރުގެ ސިޔާސީ މަސްރަހު ބަދަލުކޮށްލައި އަލްހާން ގެ ސިޔާސީ ހަޔާތްވެސް ބަދަލުކޮއްލި ދުވަހަކީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

އެދުވަހަކީ އޭރު ރާއްޖޭގައި ވެރިކަންކުރަމުންދިޔަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސަރުކާރުގެ ޚާރިޖީ ވަޒީރު އަދި އެމްޑީޕީ ސަރުކާރުގެ މައި ތަނބެއްގެ ގޮތުގައި ގަބޫލުކުރެވުނު ޑރ. އަހުމަދު ޝަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓު ނެގި ދުވަހެވެ.

ހަމަ އެހެންމެ އެ ދުވަހަކީ ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުކުރި 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީއެއްގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް ލައިނާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވޯޓް ދިން ދުވަސްވެސްމެއެވެ. ރައްޔިތުންގެ މަޖިލީހުގައި ޑީއާރްޕީ ތަމްސީލްކުރައްވަމުން ގެންދެވި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އެމްޑީޕީ ސަރުކާރުގެ ހާރުޖީ ވަޒީރުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވޯޓް ދެއްވުމުގެ ކުރިން ދެއްކެވި ވާހަކަފުޅަކީ މިއީ އެވެ:



ރައްޔިތުންގެ މަޖިލީަށް ހުށައަޅާފައި އޮތް ޑރ. ޝަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވެފައިވަނީ އޭނާ އެޕާޓީ އަކަށްޓަކައި އެތައް ޤުރުބާނީތަކެއްވި ޕާޓީގެ ނިންމުމާ ދެކޮޅަށް ވޯޓު ދޭން ޖެހުމަކީ އޭނާގެ ހަޔާތުގައި އައި ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. އަލްހާން ވިދާޅުވެފައިވަނީ ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭނީ ޤައުމީ މަސްލަހަތައް އިސްކަންދީގެން ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށާއި އަދި ހައްގުބަސް ބުނަންޖެހޭ އެއްވެސް ފަހަރަކު ފަސްޖެހިގެން ނުވާނެ ކަމަށެވެ. އެގޮތުން އަލްހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަަމަށް ވާއިރު ޑރ. އަހުމަދު ޝަހީދު މަޤާމު ދުރު ކުރުވުމަކީ ސަރުކާރު ޒިންމާދާރު ކުރުވުން ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަލްހާން އެގޮތަށް ވިދާޅުވީ އިޒްރޭލާއި ގުޅުން ބަދަހި ކުރުމަށް އެމްޑީޕީގެ ސަރުކާރުން ނިންމާފައިވާ ކަމަށްބުނެ ޑރ. ޝަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އިޝާރާތް ކުރައްވައެވެ.

މަޖިލީހުގައި ދެން ކަންހިނގައި ދިޔަ ގޮތް އެންމެނަށް ވެސް އެނގޭނެ އެވެ. އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ ހާރިޖީ ވަޒީރު ޑރ. ޝަހީދުގެ މަގާމް ސަލާމަތްވެގެން ދިޔައީ އަލްހާން ފަހުމީ އޭނާގެ ޕާޓީގެ ތްރީލައިން ވިޕާއި ހިލާފަށް މަޖިލީހުގައި ދެއްވި ވޯޓުންނެވެ.

ނަތީޖާއެއްގެ ގޮތުން އޭރު ޑީއާރުޕީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ ފަރާތްޕުޅުންނާއި ޑިއާރުޕީއާއި ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުންގެ ފަރާތްޕުޅުން އެތައް ފިއްތުން ތަކަކާއި ފާޑުކިޔުންތަކެއް އަމާޒު ވެގެން ދިޔަ އެވެ. ޕާޓީގެ ތްރީލައިން ވިޕާއި ހިލާފަށް މަޖިލީހުގައި ވޯޓު ދެއްވާފައިވާތީ ޕާޓީގެ ސިޔާސީ ހަރަކަތްތަކުން އަލްހާން ސަސްޕެންޑްކޮށް 14 ދުވަހުގެ ތެރޭގައި މާފަށް އެދުމަށް ޑީއާރްޕީގެ ލީޑަޝިޕް އިން އަލްހާނަށް އެންގެވިއެވެ.

ނަމަވެސް ޕާޓީގެ ލީޑަޝިޕްއިން އެދިވަޑައިގެންނެވި ގޮތަށް މާފަށް އެެދެން ބޭނުން ނުވާ ކަމަށް އަލްހާން ވިދާޅުވިއެވެ. ދަޢުލަތުގެ މީޑިއާ މެދުވެރިކޮށް އަލްހާން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލު ކުރައްވަންޖެހޭ ގޮތް ސާފު އިބާރާތުން ލިޔެފައިވާ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވޯޓް ދެއްވަން ޖެހޭނީ ދާއިރާގެ މަސްލަހަަތައްވުރެ ވެސް ބޮޑަށް މުޅި ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަން ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާކަން އަލްހާން ފާހަގަ ކުރެއްވި އެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގައި ވޯޓް ދެއްވި ގޮތުގެ ސަބަބުން އެ މެމްބަރަކާއިމެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށާއި އަދި މެންބަރަކު ވޯޓް ދެއްވި ގޮތާއި ބެހޭގޮތުން އެ މެންބަރަކާއި ސުވާލުކޮށް ނުހެދޭނެ ކަމަށާއި ޝަރުއީ ކޯޓަކުންވެސް މެންބަރަކު މަޖިލީހުގައި ވޯޓްދެއްވި ގޮތާއި ބެހޭގޮތުން މައްސަލަ ނުބެލޭނެކަން ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށް އަލްހާން ފާހަގަ ކުރެއްވި އެވެ. އަލްހާން ވިދާޅުވީ އޭނާ ނިންމެވި ނިންމެވުމަކީ ވަކި ސިޔާސީ ލީޑަރަކަށް އިސްކަން ދީގެން ވަކި ސިޔާސީ ޕާޓީއަކަށް އިސްކަންދީގެން ނިންމެވި ނިންމެވުމެއް ނޫންކަމަށާއި ގައުމީ މަސްލަހަތަށް އިސްކަންދީގެން ނިންމެވި ނިންމެވުމެއް ކަމަށެވެ.

ގައުމީ މަސްލަހަތު އިސްކުރައްވައިގެން އަލްހާން ނިންމެވި ނިންމެވުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ އޭނާ އެ ޕާޓިއަކަށްޓަކައި އެތައް ގުރުބާނީއެއް ވެވަޑައިގެންނެވި ޕާޓީ އިން ވަކި ކުރެވިގެން ދިއުމެވެ. ދިވެހިރާއްޖޭގެ ސިޔސީ މަސްރަހު އޭރު އޮތްގޮތުން މަޖިލީހުގެ މެންބަރަކަށް ސިޔާސީ ޕާޓީއެއްގައި ހުންނަވައިގެން ނޫން ގޮތަކަށް މަސައްކަތް ކުރުމަކީ ދަތި ކަމެކެވެ.

އެހެންކަމުން އޭރު ދިވެހިރާއްޖޭގައި ވެރިކަން ކުރަމުންދިޔަ އެމްޑީޕީ ސަރުކާރާއި އަދި އެޕާޓީއަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ ރައޔިތުންގެ އެދުމުގެ މަތިން އަލްހާން އެމްޑީޕީ އާއި ގުޅިވަޑައިގެންނެވި އެވެ.

އަލްހާން އެމްޑީޕިއާއި ގުޅިވަޑައިގަތީ 2010 ވަނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހު އެވެ. އަލްހާން އެމްޑީޕީއާއި ގުޅިވަޑައިގަތުމަށްފަހު ވެސް ވިދާޅުވީ އޭނާ އެމްޑީޕީގައި ވެސް މަސައްކަތް ކުރައްވާނީ އެމްޑީޕިއާއި ޕާޓީގެ ލީޑަރާއި އަދި ލީޑަޝިޕް އަށް ވުރެވެސް ގައުމީ މަސްލަހަތައް އސްކަން ދެއްވައިގެން ކަމަށެވެ. އަދި ޕާޓި ތެރޭގައި ވެސް ގޯސްކޮށް ކަމެއް ހިނގާކަމަށް ވާނަމަ އަދި އެކަމެއް ހިނގަނީ ޕާޓީގެ ލީޑަރުގެ ސަބަބުން ކަމަށްވިޔަސް އެ ވާހަކައެއް އެންމެ ހަރު އަޑުން ދައްކަވާނެ އެއްބޭފުޅަކީ އަލްހާން ކަމަށް އޭނާވަނީ އޭރުވެސް ވިދާޅުވެފައެވެ.

އަލްހާން އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު އަލްހާން ވެގެން ދިޔައީ އޭރު ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން ގެންދެވި ބޭފުޅުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ އަދި ހަލުވި ކަމާއިއެކު ކުރިއަރަމުން އައި ޒުވާން ސިޔާސީ ލީޑަރަކަށެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުގައި އައްޑު އަތޮޅު ސިޓީއަކަށް ބަދަލު ކުރުމަށް ކުރި މަސައްކަތުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ އަލްހާން ފަހުމީއެވެ.

އައްޑު އަތޮޅު ސިޓީއަކަށް ބަދަލު ކުރުމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނިންމުމުން އެކަން ނުކުރެވޭނެކަން ކަނޑައެޅުމަށް ބަޔަކު ކޯޓަށް ހުށައެޅުމުން އެކަމާ ދެކޮޅަށް އަލްހާން އިސްވެ ހުންނަވައި ކުރެއްވި މުޒާހަރާތަކުގެ ނަތީޖާއަކަށް ވެގެން ދިޔައީ އައްޑު އަތޮޅަކީ ސިޓީއެއް ކަމަށް ކަނޑައެޅުމަށް ސްޕްރީމް ކޯޓަށް މަޖުބޫރުވެގެން ދިއުމެވެ.

އެއާއެކު ސިޔާސީ މައިދާނުގައި އަލްހާނަށް އޮތް ތާއީދާއި މަގުބޫލުކަން އިތުރުވެގެން ދިޔަ އެވެ. އަދި އެމްޑީޕީގައި މުޅިން އަލަށް އެ ޕާޓީއަށް ނާއިބު ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގައި އަލްހާން ވާދަ ކުރައްވާ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވިއެވެ.

އަލްހާން އެމްޑީޕީގެ ނައިބް ރައީސް ކަމަށް ވަޑައިގެންނެވީ އޭރު އެމްޑީޕީގެ ހައުސިން މިނިސްޓަރު ކަމުގެ މަގާމްގައި ހުންނެވި މުހައްމަދު އަސްލަމް އާއި ވާދަ ކުރައްވައިގެނެވެ. އިންތިހާބުގައި އަލްހާނަށް ފަނަރަހާހަށްވުރެ ގިނަ ވޯޓް ލިބިވަޑައިގަތް އިރު އަސްލަމަށް ލިބިވަޑައިގަތް ވޯޓް ހަހާހަށްވެސް ނާރަ އެވެ. އެމްޑީޕީގެ ނާއިބު ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން އަލްހާން އެމްޑީޕީއަށް ގިނަގުނަ ކުރިއެރުންތަކެއް ހޯއްދަވައި ދެއްވި އެވެ. އެމްޑީޕީގެ މެންބަޝިޕް އިތުރު ކުރެއްވި އެވެ. އޭރުގެ އިދިކޮޅުފަރާތްތަކުން އެމްޑީޕީއަށާއި އެމްޑީޕީގެ ސަރުކާރަށް ކިޔަމުންދިޔަ ފާޑުކިޔުންތަކަށް ރައްދު ދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެއްވީ ވެސް އެމްޑީޕީގެ ނާއިބް ރައީސްގެ ހައިސިއްޔަތުން އަލްހާން ފަހުމީއެވެ.

އެމްޑީޕީގެ ސަރުކާރުގައި ކަންތައްތައް ހިނގަމުންދިޔަ ގޮތާއިމެދު ހިތްހަމަ ނުޖެހިގެން އެމްޑީޕީގެ ސަރުކާރާއި ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތަކުގެ ނަތީޖާއަކަށް ވެގެން ދިޔައީ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމެވެ. އެއީ 2012 ފެބްރުއަރި މަހުގެ 7 ވަނަ ދުވަހެވެ.

ރައީސް ނަޝީދު މަގާމުން އިސްތިއުފާދެއްވުމާއެކު އެމްޑީޕީއާއި ޕާޓީގެ މުޅި ލީޑަޝިޕް މާޔޫސް ވެގެންދިޔައެވެ. ނަމަވެސް އެމްޑީޕީއަށް ދިރުން ގެނެސްދިނީ އަލްހާން ކަން އެއީ ބަދަލު ކުރެވެން ނެތް ހަގީގަތެކެވެ. ރައީސް ނަޝީދު މަޤާމުން އިސްތިއުފާ ދެއްވި ދުވަހުގެ ރޭ އެމްޑީޕީއާއި ސަރުކާރުގެ ދިފާއުގައި އެންމެ ފުރަތަމަވެސް އަޑުއުފުލާ ވާހަކަފުޅު ދެއްކެވީ އަލްހާން ފަހުމީއެވެ.

ރާއްޖޭގެ ޕްރައިވެޓް ޓީވީ ސްޓޭޝަނެއް ކަމަށްވާ ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އަލްހާން ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ބަދަލުކުރީ ބަޣާވާތަކުން ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެރުން ބަޔަކު މީހުން ހިންގި ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް އިސްތިއުފާ ދެއްވަން މަޖުބޫރު ކުރުވި ކުރުވުމަކީ މިނިވަންކަމާއިއެކު ތަހުގީގުކުރެވި އިންސާފު ލިބެންޖެހޭ މައްސަލައެއް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރި ކުރުމަށް އިންސާފު ނުލިބި ދިވެހިރާއްޖެއަށް ހަމަޖެހުމެއް ނުލިބޭނެކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

ކޮންމެއަކަސް އޭރު އެމްޑީޕީގެ ސަރުކާރުގައި އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށް ގޮވާލާ ކުރިއަށް ގެންދިއުމަށް ނިންމި މުޒާހަރާވެސް ކުރިއަށް ގެންދިއުމުގައި އެންމެ އިސްކޮށް ހުންނެވީ އަލްހާން ފަހުމީއެވެ. ރައީސް ނަޝިދު ރައީސުލްޖުމްހޫރިއްޔާކަމުން އިސްތިއުފާ ދެއްވެވި ނަމަވެސް އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރައީސް ނަޝީދުކަމަށް ހެދުމަށް ޕާޓީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށައަޅުއްވާ ވަކާލާތު ކުރެއްވެވީވެސް ހަމަ އަލްހާން ފަހުމީއެވެ. އެމްޑީޕީގެ ވެރިކަން ބަދަލުވުމަށްފަހު ޕާޓީގެ އެންމެ އިސް ލީޑަރަކީ ރައީސް ނަޝީދު ކަމަށް ކަނޑައަޅައިގެން އެމްޑީޕީއިން ކުރަމުންގެންދިޔަ މުޒާހަރާތަކުގައިވެސް އަލްހާން ވިދާޅުވީ އޭނާ ކުރައްވާ ކޮންމެ މަސައްކަތެއްވެސް ކުރައްވާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތައް އިސްކަންދެއްވައިގެންކަމަށެވެ.

އެމްޑީޕީގެ ނާއިބު ރައީސްކަމުން އަލްހާން ފަހުމީ ވަކިކުރީ ވެސް އޭނާ މަސައްކަތް ކުރައްވާނީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުން އިސްކުރައްވައިގެން ކަމަށް ވިދާޅުވުން ތަކުރާރު ކުރައްވަން ފެއްޓެވުމުންނެވެ. އޭގެ ފަހުން ވެސް ސިޔާސީ މައިދާނުގައި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށް އިސްކަންދެއްވައި އަލްހާން ދެއްކެވި ވާހަފުޅުތަކުގެ ނަތީޖާއަކަށްވީ އޭނައަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލުމެވެ. މިއަދުވެސް އަލްހާން ހުންނެވީ އޭނާގެ ބަދަލުވުމެއް ނެތް ސްޓޭންގަ އެވެ. އެއީ އެންމެ ފުރަތަމަ ގައުމާއި އިސްލާމް ދީން ހިޔާރު ކުރުމާއެކު ތަފާތު ކުރުމެއް ނެތް ފިކުރެވެ. މި ފިކުރު ރައްޔިތުންގެ މަޖިލީހަށް ކޮންމެހެން ބޭނުންވެ އެވެ.