ވިޔަފާރި

ގޭމަށް ހާއްސަ ފޯނެއް މެކްސްކޮމްއިން ނެރެފި

ދުނިޔޭގައި މިހާރު އެންމެ ގިނައިން ވިކޭ ފޯނު ބްރޭންޑް ކަމަށްވާ ވާވޭގެ ނޯވާ ފޯ ފޯން ރާއްޖޭގެ ބާޒާރަށް މެކްސްކޮމް އިން ނެރެފި އެވެ.

ވާވޭގެ މި ސަރަހައްދުގެ ސޯލް ޑިސްރިބިއުޓަރު މެކްސްކޮމް އާއި ވެސްޓޯ މޮބައިލްސް ގުޅިގެން ރާއްޖޭގެ ބާޒާރަށް "ނޯވާ 4" ގެ މި ފޯނު ނެރެދެއްވީ ވެސްޓޯ ވެރިޔާ އަހުމަދު ސައީދު އާއި މެކްސްކޮމްގެ ވެރިޔާ މުހައްމަދު ފަޒީލެވެ.

ވެސްޓޯ މޮބައިލްސް އާއި މެކްސްކޮމް އަދި ރާއްޖޭގެ ބައެއް ފިހާރަތަކުން މިހާރު ލިބެން ހުރި މި ފޯނުގެ ނެރެން ހުޅުމާލޭގައި ރޭ ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތަކާއެކު ކުރިއަށް ދިޔަ މި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން މެކްސްކޮމްގެ އިސް އޮފިޝަލަކު ވިދާޅުވީ މި ފޯނުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ފޯނުގެ ބެޓަރީގެ ވަރުގަދަކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ބެޓެރި ވަރުގަދަ ވީމަ ގޭމިންއަށް ވަރަށް ހާއްސަވޭ. މި ފޯނުގައި 8ޖީބީގެ ރެމަކާއި 128 ޖީބީގެ ފޯނުގެ ސްޓޯރޭޖްގައި އިންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ވާވޭ ނޯވާ ހަތަރެއްގައި ހިމެނޭ އެހެން ހާއްސަ ސިފަަތަކުގެ ތެރޭގައި ފޯނުގެ ކުރިމަތީގައި އިންނަ "ފްރަންޓް ކެމެރާ" ހިމެނެ އެވެ. މި ކެމެރާގައި 25 މެގަޕިކްސެލް ހިމެނެ އެވެ. އަދި ފޯނުގެ ފަހަތުގައި ތިން ކެމެރާއެއް ހިމަނާފައި ވެއެވެ.

މެކްސްކޮމް އިން މި ފޯނަށް ވެސް އެއް އަހަރުގެ ވޮރަންޓީއެއް ދެ އެވެ. މި ފޯނު މެކްސްކޮމް އިން ވިއްކަނީ 7990ރ. އަށެވެ.