ހަބަރު

ޒުވާނުން މީޑިއާއަށް ވަނުމަކީ ގައުމެއް ބައްޓަންކުރާ އަސާސް: އިމްރާން

މީޑިޔާއަށް ޒުވާނުން ހޭލުންތެރިވެ އެ ދާއިރާއަށް ވަނުމަކީ ގައުމުގެ ކުރިމަގު ބައްޓަން ކުރަން އެންމެ މުހިއްމު އެއް އަސާސްކަމަށް ހޯމް މިނިސްޓަރު ޢިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޔޫތް ލީޑސް ނެޓްވޯކްގެ މި ދައުރުގެ ފުރަތަމަ ބައްދަލުވުން ހއ. ހޯރަފުށީގައި ހުޅުއްވައިދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށާއި ޒުވާނުން ހެޔޮގޮތުގައި ބިނާ ކުރުމަކީ ހޯމް މިނިސްޓްރީއާއި ހަވާލުވެފައޮތް އެންމެ ބޮޑު އެއް ޒިންމާ ކަމަށެވެ. --

ހއ. އަތޮޅުގެ ރަށްތަކުން ޒުވާނުން ބައިވެރިވާ އެ ބައްދަލުވުން ކުރިއަށްގެންދަނީ "ޒުވާނުންނާއި މީޑިއާ" މި ޝިއާރުގެ ދަށުންނެވެ. ދެ ދުވަހަށް ހޯރަފުށީގައި ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގައި މީޑިއާ ދާއިރާ އާއި ދީނީ އިލްމާއި، ތާރީހާއި ސަގާފަތް ހިމެނޭ ގޮތަށް މައިގަނޑު ހަތް ސެޝަނެއް ހިމަނާފައި ވެއެވެ. އެ ދާއިރާތަކުން ޒުވާނުންނަށް މައުލޫމާތު ދޭނީ އެކަމުގެ ތަޖުރިބާކާރުންނެވެ.