ވިޔަފާރި

ލިކަމެކް ނައިޓް މާކެޓުގެ ހުރިހާ މޭޒެއް ވިކިއްޖެ

Feb 23, 2019

އެޕްރީލް މަހު ދަރުބާރުގޭގައި އޮންނަ ނައިޓް މާކެޓުގެ ހުރިހާ މޭޒެއް ވިކި ހުސްވެއްޖެ އެވެ.

"ލިކަމެކް ނައިޓް މާކެޓް 2019" ގެ ނަމުގައި އިންތިޒާމު ކުރާ ލިކަމެކް ކުންފުނިން ބުނީ މި އަހަރުގެ ނައިޓް މާކެޓުގައި 218 މޭޒު ހުންނާނެ ކަމަށެވެ.

މި އަހަރުގެ ނައިޓް މާކެޓު އޮންނާނީ ދަރުބާރުގޭގައި އެޕްރީލް މަހުގެ 17-26 އަށެވެ. ނައިޓް މާކެޓު އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށެވެ. އަދި ނައިޓް މާކެޓުގެ މޭޒުތައް ނަގާފައިވާ ފަރާތްތަކަށް ފާސް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.

ނައިޓް މާކެޓްއަކީ ކުރިން ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ބާއްވާ ވިޔަފާރީގެ ބާޒާރެކެވެ. ނަމަވެސް އެ ނައިޓް މާކެޓު ނުބާވާތާ ދެ އަހަރު ވަނީ ވެފަ އެވެ.