ވިޔަފާރި

ގޯލްޑް 100ގެ ކޯޕަރޭޓް ގަވަަނަންސް އެވޯޑު އެލައިޑާއި ދިރާގަށް

Feb 24, 2019
1

ކޯޕަރޭޓް މޯލްޑިވްސް އިން ދޭ "ގޯލްޑް 100" ގެ ކޯޕަރޭޓް ގަވަނަންސް އެވޯޑު ދިރާގާއި އެލައިޑް އިންޝުއަރެންސަށް ލިބިއްޖެ އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ރޭ ބޭއްވި "ގޯލްޑް 100 ގާލާ" ގައި ވިޔަފާރީގެ މިންގަނޑުތަކާއި ހަމަތައް ހިފަހައްޓައިގެން މިދިޔަ މަހު ހިންގި ކުންފުނީގެ އެވޯޑު ނުވަތަ ކޯޕަރޭޓް ގަނަަވަންސް އެވޯޑާ އެލައިޑުގެ ފަރާތުން ހަވާލުވީ އެ ކުންފުނީގެ ހެޑް އޮފް މާކެޓިން ނިއުޝާދު ޝަރީފު އެވެ. އަދި ދިރާގުން އެ އެވޯޑާ ހަވާލުވީ އެ ކުންފުނީގެ ބްރޭންޑް މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން މުހައްމަދު މިރުޝާން ހަސަނެވެ. މި އެވޯޑް ދެ ކުންފުންޏާ ހަވާލު ކޮށްދެއްވީ މަރިޔަމް ވިޝާމެވެ.

"ގޯލްޑް100" ގައި ދޭ ކޯޕަރޭޓް ގަވަނަންސް އެވޯޑަކީ ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބަލާ މިންގަނޑުތަކަށް ބެލުމަށްފަހު ދޭ އެވޯޑެވެ.

ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރި ހޮވަން ބާއްވާ މި ކުލަގަދަ އިވެންޓްގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް މި އަހަރު ލިބުނީ ތްރީއޭ ކުންފުނީގެ ބާނީ އަދި އެ ކުންފުނީގެ ޗެއާމަން ޗެއާމަން އަބްދުﷲ އަލީ އަށާއި ވިލާ ގްރޫޕުގެ ވެރިޔާ ގާސިމް އިބްރާހިމް އަށެވެ.

މި އެވޯޑަކީ ވިޔަފާރީގެ ދާއިރާތަކަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދޭ އެވޯޑެކެވެ. މި އެވޯޑު މި ދެ ބޭފުޅުންނަށް ދެއްވީ ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖުގެ ޗެއާމަން ރޭ އަބޭ ވަރުދަނާ އެވެ.