ހަބަރު

އީސީގެ މެންބަރު ކަމަށް 16 މީހަކު ކުރިމަަތިލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް 16 ފަރާތަކުން ކުރިމަތިލައިފި އެވެ.

އީސީގެ މެންބަރު ކަމަށް ހުޅުވާލީ އެ ކޮމިޝަންގައި މިހާރު އިންނަވާ އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ އެވެ. އީސީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ. އޭނާގެ ދައުރު އަންނަ މަހަށް ހަމަވެ އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އަދި ތަރުޖަމާނު އިބްރާހީމް ހޫދު "އަވަސް"އަށް ވިދާޅުވީ އީސީގެ މެންބަރު ކަމަށް 16 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި އެ ފަރާތްތަކުގެ ނަންތައް ރައީސްއަށް ފޮނުވާފައިވާ ކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި މަޖިލީހަށް ނަންތައް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހޫދު ވިދާޅުވި އެވެ.