ވިޔަފާރި

ޑްރައިޕާސް ލައިކް އެންޑް ޝެއަރ ލަކީޑްރޯގެ ފަހު ހަފްތާ ކުރިޔަށްދަނީ

އޭޑީކޭ ޖީޓީ ސްނެޕް އޮންލައިންގެ ފަރާތުން ކުރިއަށް ގެންދާ "ޑްރައިޕާސް ލައިކް އެންޑް ޝެއަރ" ޕްރޮމޯޝަންގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 28 ކަމަށް އޭޑީކޭ ޖެނެރަލް ޓްރޭޑުން ބުނެފި އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑުން ބުނީ ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރި އެއްފަރާތަކަށް ޑްރައިޕާރސް ނެޕީބޮނޑިއެއްލިބޭ މި ޕްރޮމޯޝަން ފަށާފައިވަނީ 25 ޖަނަވަރީގައި ކަމަށެވެ. އަދި މިއަދާހަމައަށް މި ފޮރޮމޯޝަންގައި ބައިވެރިވި ބޭފުޅުންގެ ތެރެއިން 29 ނަސީބުވެރި ފަރާތެއްވަނީ އިއުލާން ކޮށްފައި ކަމަށާއި، ކޮންމެ ދުވަހަކުވެސް ހޮވޭ ބޭފުޅުންގެ ނަމާއި ފޮޓޯ ޖީޓީ އޮންލައި އެފްބީ ޕޭޖް، އިންސްޓަގްރާމް އެކައުންޓް އަދި ޓުވިޓަރ އެކައުންޓްގައި ވާނީ ޕަބްލިޝްކުރެވިފައި ކަމަށެވެ.

މީގެ އިތުރުން އެ ޕްރޮމޯޝަން ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ މީހުންތެރޭގައި އޭޑީކޭ ޖެނެރަލް ޓްރޭޑްގެ ޖީޓީ ސްނެޕްއިން ލިބެންހުރި ތަކެތި އަންގައިދިނުމާއި، އެފްބީ ޕޭޖްއިން އޯޑަރުކޮށްލެއްވުމުން ނުވަތަ ހޮޓްލައިންއަށް އޯޑަރ މެސެޖް ކޮންލުމުން ހިލޭ ގެއަށް ޑިލިވަރ ކޮށްދިނުމުގެ ހިދުމަތަށް ހޭލުންތެރިކުރުން ކަމަށް އޭޑީކޭ ޖެނެރަލް ޓްރޭޑުން ވަނީ ބުނެފަ އެވެ.