އޭޑީކޭ ޓްރޭޑިން

ގަންނަ މާޓުން ވިޔަފާރި ކުރާ ކޮންމެ 200 ވަނަ ކަސްޓަމަރަކަށް ބިލް ހިލޭ

އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ސާމާނުތައް ވިއްކަމުން އަންނަ ގަންނަ މާޓުން ވިޔަފާރި ކުރާ ކޮންމެ 200 ވަނަ ކަސްޓަމަރަކަށް ގަންނަން އަންނަ ސާމާނު ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ގަންނަ މާޓުން ބުނާ ގޮތުން "200 ވަނަ ބިލް ހަމަ ހިލޭ"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަން ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އަދި އެ ޕްރޮމޯޝަން ކުރިއަށް ދާނީ މާވެޔޮމަގާއި ބުރުޒުމަގު ގުޅޭ ކަންމަތީގައި ހުންނަ ގަންނަ މާޓުގެ ފިހާރައިން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮންމެ 200 ވަނަ ކަސްޓަމަރަކަށް ބިލް ހިލޭ ލިބޭ ޕްރޮމޯޝަނެއް ގަންނަ މާޓުން ފެށި އިރު, އެ ފިހާރަ އަކީ އާންމުކޮށް ދުވަހުން ދުވަހަށް ބޭނުންވާ ގިނަ ސާމާނުތަކެއް ހެޔޮ އަގުގައި ވިއްކަމުން އަންނަ, ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ފިހާރަ އެކެވެ.

ގަންނަމާޓުން ބުނާ ގޮތުން ރޯދަ މަހުގެ ތެރޭގައި ވެސް ކަސްޓަމަރުން ބޭނުންވާ ސާމާނު މެދުނުކެނޑި އެ ފިހާރަ އިން ލިބެން ހުންނާނެ އެވެ. އަދި ރޯދަ މަހާއި ދިމާކޮށް ވީހާވެސް ހެޔޮ އަގުތަކެއްގައި މުދާ ވިއްކުމަށް އިސްކަން ދެމުން އަންނަ ކަމަށް އެ ފިހާރަ އިން ބުނެ އެވެ.