އޭޑީކޭ ޓްރޭޑިން

އޯމޯ ޑިޓާޖެންޓްގެ ޕްރޮމޯޝަނާއެކު އެލްޖީ ވޮޝިން މެޝިނެއް ހޯދުމުގެ ފުރުސަތު

އޭޑީކޭ ޖެނެރަލް ޓްރޭޑިން އަދި ހޮވާލެވޭ ޕާޓްނާ ފިހާރަތަކުން އޯމޯ ޑިޓާޖެންޓް ގަންނަ ކަސްޓަމަރުންނަށް އެންމެ ޒަމާނީ އެލްޖީ ފްރަންޓް ލޯޑް ހަތް ކިލޯ ވޮޝިން މެޝިނެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަހަރުގެ މާޗް މަހުގެ ނިޔަލަށެވެ.

ޕްރޮމޯޝަންގައި އޯމޯ ޑިޓާޖެންޓް ގަންނަ ކަސްޓަމަރުންނަށް ރެފްކޫލް އިލެކްޓްރޯނިކްސްގެ ހެޔޮ އެދުންތަކާއެކު އެންމެ ޒަމާނީ އެލްޖީ ފްރަންޓް ލޯޑް ހަތް ކިލޯ ވޮޝިން މެޝިނެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ބުނެ އެވެ.

މި ޕްރޮމޯޝަންގެ މަގުސަދަކީ ކަސްޓަމަރުންނަށް އިނާމު ދިނުމާއި އެކު އޯމޯ ޑިޓާޖެންޓްގެ ބްރޭންޑް ޕްރޮމޯޓްކުރުމެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް ކަސްޓަމަރުން އައުޓްލެޓްތަކުން އޯމޯ ޑިޓާޖެންޓް ގަނެ، ގްރޭންޑް ޕްރައިޒް ޑްރޯއަށް ވަނުމަށް ކޫޕަންގައިވާ މައުލޫމާތު ފުރިހަމަކޮށް ފޮއްޓަށްލުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ބުނި ގޮތުގައި ވަނަތައް ހޮވޭނީ ރެންޑަމްކޮށެވެ. އެލްޖީ ފްރަންޓް ލޯޑް ހަތް ކިލޯ ވޮޝިން މެޝިންގެ ދެ ނަސީބުވެރިން ޕްރޮމޯޝަން މުއްދަތު ނިމުމުން އިއުލާން ކުރެވޭނެ ކަމަށްވެސް އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ބުނެ އެވެ.

ޕްރޮމޯޝަންގެ އިތުރު މައުލޫމާތު އޭޑީކޭ ޖެނެރަލް ޓްރޭޑިން ހޯލްސޭލް 7885965 ނަންބަރު، ޖީޓީ ސްނެޕް އަދި ގަންނަ މާޓް 793-9339 އަދި 736-3663 އަށް ގުޅުމުން ލިބޭނެ އެވެ.

މީގެ އިތުރުން ގަންނަ މާޓްގެ އެޕުން އޮންލައިންކޮށް އޯޑަރުކުރެވޭނެ އެވެ.