ހަބަރު

ރައީސް ސޯލިހު، މަޖިލިސް އިދާރާއަށް ޒިޔާރަތް ކުރައްވައިފި

Feb 25, 2019
2

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވައި އެތަނުގައި ހިންގަމުންދާ މަރާމާތުގެ މަސައްކަތްތައް ބައްލަވާލައްވައިފި އެވެ.

ރައީސް ސޯލިހުގެ މިރޭގެ ވަގުތެއްގައި މަޖިލިސް ކުރާގެއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެއްނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި ނައިބު ރައީސް މޫސާ މަނިކާއި މަޖިލިހުގެ އިދާރާގެ އިސް މުވައްޒަފުންނެވެ.

މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާއިރު، އިދާރާ ވަށާ ފާރު އުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފަންސަވީސް އަހަރު މަޖިލިސް މެންބަރުކަން ކުރެއްވި، ރައީސް ސޯލިހު ވަނީ މަޖިލިސް އިދާރާގެ އެތެރޭގެ ކަންކަން ވެސް ބައްލަވާލައްވާފަ އެވެ.