ވިޔަފާރި

އުރީދޫ އުދުހޭ ޓެކްސީ މޮބައިލް ވޯލްޑް ކޮންގްރެސްއަށް

Feb 26, 2019
1

މީހަކާ ނުލައި އުދުހެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އުރީދޫ ވީއާރް ފްލައިޓް ނުވަތަ "އުދުހޭ ޓެކްސީ" ވޯލްޑް މޮބައިލް ކޮންގްރެސްގައި ދައްކާލައިފި އެވެ.

ސްޕެއިންގެ ބާސެލޯނާގައި މިމަހުގެ 26 އިން 28 އަށް ކުރިއަށް ގެންދާ ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ބޮޑު ފެއާގައި ގަތަރުގެ އުރީދޫން ގްރޫޕުން ވަނީ 5ޖީ އިން އުދުއްސާ ފަހުގެ މި ޓެކްނޮލޮޖީ ހިމަނާފައި ވެއެވެ.

ގަތަރުގައި މިހާރު ވެސް ގިނަ ޓެސްޓް ތަކެއް ހަދާފައިވާ ފަހުގެ ޓެކްނޮލޮޖީން އުދުއްސާ "ވީއާރް ފްލައިޓް" އަކީ މިގޮތަށް ދުނިޔޭގައި އުފެއްދި މީހުން އުފުލާ ފުރަތަމަ އުޅަނދެކެވެ. ކުރިން އާއްމު ގޮތެއްގައި ފިލްމްތަކުން ފެންނަ މި ޓެކްނޮލޮޖީއާއެކު އުރީދޫން މިވަނީ އައިސީޓީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދީފަ އެވެ.

އުރީދޫން ގްރޫޕުން ދައްކާލި "އުދުހޭ ޓެކްސީ" ގެ ނަމުން ނަން ދީފައިވާ މިހާއްސަ އުޅަނދުގެ ފަހުގެ ޓެސްޓްތައް ކޮށްފައިވާއިރު 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ފުޓުބޯޅަ މުބާރާތްތަކުގެ ސަމާލަތީ ކަންތައް ބެލެހެއްޓުމުގައި މި އުޅަނދު ބޭނުން ކުރާނެ އެވެ.

ބާސެލޯނާގައި މިހާރު ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި 200 ގައުމަކުން 107,000 މީހުން ބައިވެރިވެ އެވެ.