ހަބަރު

ވެލި ބަރުކޮށްގެން ދަތުރު ކުރި ދޯންޏެއް ބަންޑުން ޖަހާލައިފި

ވެލި ބަރުކޮށްގެން ދަތުރު ކުރި ދޯންޏެއް މާލެ ކޮމާޝަލް ބަނދަރު ސަރަހައްދުން ބަަންޑުން ޖަހާލައިފި އެވެ.

މި ހާދިސާ އާ ގުޅިގެން އެމްއެންޑީއެފް އިން ބުނި ގޮތުގައިި، "ކުރިމަގު" ނަމަކަށް ކިޔާ އެ ދޯނި ބަންޑުން ޖަހާލި އިރު، އެ ދޯނީގައި ހަތް ބިދޭސީންނާއި ދިވެއްސެއް ހިމެނޭ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ ދޯނި ބަންޑުން ޖަހާލީ ކޮމާޝަލް ބަނދަރު ސަރަހައްދުންނެވެ. އަދި، ދޯނީގައި ތިބި ހަތް މީހުންގެ ތެރެއިން ހަ މީހަކު އެސްޓީއޯ ޒިބްރާ ޓަގަށް ނަގާފައިވާ ކަމަށާއި ކޯސްޓް ގާޑު ލޯންޗަށްވެސް އެކަކު ނެގި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެ އެވެ.

އިތުރަށް ބުނެފައިވަނީ މި ހާދިސާގައި ބަންޑުން ޖަހާލި ދޯނީގައި ހުރި ބިދޭސީއެއްގެ ކަށިމަތިން ކުޑަ ތަންކޮޅެއް ވަނީ ހަލާކުވި ނަމަވެސް އިތުރުމީހަކަށް އަނިޔާ އެއް ނުލިބޭ ކަމަށެވެ.

އެމްއެންޑިއެފް އަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ހެނދުނު 8:45 ހާއިރު ކަމަށް ބުނެ އެވެ.