ހަބަރު

އީސީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ކޮމިޓީއަށް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

އީސީގެ މެންބަރު ކަމަށް ހުޅުވާލީ އެ ކޮމިޝަންގައި މިހާރު ހުންނެވި އިސްމާއިލް ހަބީބުގެ ދައުރު އަންނަ މަހަށް ހަމަވާތީ އެވެ. އީސީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާ ފެއްޓެވީ އީސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވެވި ސިޓީ މަޖިލީހަށް އިއްވުމާއެކު އެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި 16 ފަރާތެއްގެ ނަން، ކުރިމަތިލެއްވި ތަރުތީބުން ވަނީ މަޖިލީހަށް އިއްވާފަ އެވެ. އަދި ނަންތައް ދިރާސާ ކުރެއްވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފި ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

ކުރިމަތިލެއްވެވި ފަރާތްތައް

  • ޝުއެއިބް ޔޫސުފް، ދަފްތަރު 1896
  • އަބްދުﷲ ރާޒީ، ކޯޒީ ޏ. ފުވަމުލަކު
  • އަހުމަދު އަދީމް، މ. ރަބީއީގެ
  • އަހުމަދު އަލީ، ނޮވެމްބަރުގެ ސ. ހިތަދޫ
  • އައިމިނަތު ސާދިޔާ، މ. ޕިސްތާގެ
  • މަރިޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ ހއ. ކެލާ
  • އައިމިނަތު މަދީހާ، ދަފްތަރު 9456
  • އައިޝަތު ހަފީޒް، އާހިޔާ ނ. ވެލިދޫ
  • އަލީ މުހައްމަދު، މަނިކު ދަފްތަރު 1856
  • ސުލްވާން އަހުމަދު، ސެލީނާ ސ. މީދޫ
  • އިސްމާއިލް ސާޖިދު، މއ. ވިލާރޮދި
  • މުހައްމަދު ޝާފިއު، ޝަރުތު، ބ. ތުޅައިދޫ
  • މުހައްމަދު ޝަމްއޫން، މ. އަސަލް
  • ޔާސިރު ވަސީމް، ވެސްޓްލައިޓް ސ. ހުޅުދޫ
  • އަހުމަދު މޫސާ، ހ. އަމްސާ ވިލާ
  • އިސްމާއިލް ހަބީބް، ހ. ނީޓް