ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި މިއަދު އިންޑިޔާ އަތުން ބަލިވި ނަމަވެސް ގްރޫޕުގެ ފަހު މެޗުގައި ރާއްޖެއިން ބޫޓާން ބަލިކޮށްފި އެވެ.
ހަ ގައުމު ވާދަކުރި މުބާރާތުގައި މިއަދު އިންޑިޔާ އަތުން ރާއްޖެ ބަލިވީ 80 ޕޮއިންޓުންނެވެ. އިންޑިޔާއިން 124 ޕޮއިންޓް ހަމަކުރިއިރު ރާއްޖެ އަށް ހޯދުނީ އެންމެ 48 ޕޮއިންޓެވެ.
އެންމެ ފަހު މެޗުގައި މިއަދު ބޫޓާން އަތުން ރާއްޖެ މޮޅުވީ 42 ޕޮއިންޓުންނެވެ. ރާއްޖެ 97 ޕޮއިންޓް ހޯދިއިރު ބޫޓާނަށް ލިބުނީ 55 ޕޮއިންޓެވެ.
މި މަހުގެ ތިނަކުން މިއަދުގެ ނިޔަލަށް އިންޑިޔާގެ ބެންގަލޫރުގައި ކުރިއަށްދިޔަ މި މުބާރާތުގެ އެންމެ ފުލަށް ދިޔައީ ބޫޓާނެވެ. ރާއްޖެ ލައްވާލީ ފަސް ވަނާގަ އެވެ. ޗެމްޕިއަންކަން ހޯދައިގެން އޭޝިއަން ޗެމްޕިއަންޝިޕަށް ކޮލިފައިވީ އިންޑިޔާ އެވެ. ދެ ވަނަ ލަންކާ އަށް ތިން ވަނަ ނޭޕާލަށް އަދި ހަތަރަކަށް ދިޔައީ ބަނގްލަދޭޝް އެވެ.
މި މުބާރާތުގައި ބޫޓާންގެ އިތުރުން ރާއްޖެ ވަނީ ނޭޕާލް ވެސް ބަލިކޮށްފަ އެވެ. އެއީ 72-68 ޕޮއިންޓުންނެވެ. ރާއްޖެ ބަލިވީ އިންޑިޔާ އާއި ލަންކާ އަދި ބަނގްލަދޭޝް އަތުންނެވެ.