ލައިފްސްޓައިލް

ރަތްބޮކިލީ ކެފޭތައް ސަޅި ކޮށްލައިފިއެއްނު!

ވިޔަފާރިތަކަށް ބަލާއިރު ރެސްޓޯރަންޓް ކެފޭތަކަކީ އަހަރުމެންގެ ކާމޭޒު އިތުރުން ރަށްޓެހިންނާއި ބައްދަލުކޮށްލާ ފޮނި ވާހަކަ ދައްކާލާ ހޮޅުއަށްޓެވެ. ދުވަހުގެ 24 ގަޑި އިރުތެރޭ ކެފޭއަކަށް ނުވަންނަ މީހަކު މަދުވާނެ އެވެ. އެއް އިރެއްގައި އަހަރުމެން ވަތން ރެސްޓޯރަންޓްތަކުގައި ރަތްކުލައިގެ ނިދާ ބޮކި ދިއްލާފައި ކުދިކުދި ބޫތު ހަދާފައި ހުއްޓަސް މިހާރު މަގުބޫލީ ބޮޑަށް އޯޕަންކޮށް ހުންނަ މޭޒާއި ރީނދޫ އަލި ނުވަތަ ވޯމް ލައިޓެވެ. މާލޭގައި ސަޅިކޮށް ހަދާފައި ހުންނަ ކެފޭތަކުގައި އިންޓީރިއާއަކީ މިނިމަލިސްޓިކް ސްޓައިލާއި ރަސްޓިކް ސްޓައިލެވެ. އެ ކެފޭތަކުގައި ވަރަށް އަރާމު ލުކެއް ހުރެ އެވެ. ހަމަ ކޮންމެމީހަކުވެސް ވަދެ އިށީނެދެލައި ކޮފީއެއް ބޯލަން އެއިން ކޮންމެވެސް ތަނެއް ވެސް އިސްވެ މަރުހަބާ ކިޔާކަހަލަ އެވެ.

އަނެއްކަމީ މެނޫތަކަށް ގެނެސްފައި މިއޮތް ބޮޑު ބަދަލެވެ. ކުރިން ރެސްޓޯރަންޓްތަކުގެ މޭނޫއެކޭ މޮނިޓަރު ފޮތެކޭ އެއްވަރެވެ. ގިނަ ގަނޑު ހުރެފައި މެނޫގައި ނެތް އެއްޗެއް ނޯވެ އެވެ. އެކަމަކު ލިބޭ އެއްޗެއް ވެސް ނޯވެ އެވެ.

މިހާރުގެ ކެފޭތަކުގައި މޭނޫ މާ ބޮލެއް ނޫނެވެ. ގިނަ ތަންތާ ހުންނަނީ އެތަނަކަށް ހާއްސަ ޑިޝްތަކެކެވެ. ކާ ބަޔަކު ގޮސް ކަނީއެވެ. އެހާ ހިނގަ އެވެ. ކޮންމެ ތަނަކަށްވެސް ވަންނަ ގުރޫޕްތަކާއި ކޮމިއުނިޓީތައް އޮވެއެވެ. "ހެނދުނު ސައި ގްރޫޕް" ނޫނީ "އޮފީސް ލަންޗް ބަޑީސް" އަދި "ދަރިފުޅު ސުކޫލަށް ލާފާ ބްރޭކެއް ނަގާލާ ގްރޫޕެ" ވެ. ކުރީގައި ރެސްޓޯރަންޓުން ކަނީ ހާއްސަ ދުވަސް ދުވަހުގައި ކަމުގައި ވިއަސް މިހާރު އެއީ ކޮންމެ ދުވަހަކު ވެސް ކުރާ ކަމެކެވެ.

ވަކި ކަހަލަ ކޫޒީންތަކަށް ހާއްސަ ރެސްޓޯރަންޓްތައް ކުރިން މަދުވިޔަސް މިހާރު އެކި ކޫޒީންތަކަށް ހާއްސަ ކެފޭތައް ގިނަވަމުން އައިސްފައި ވެއެވެ. ސްޕެނިޝް އާއި މެދުއިރުމައްޗާއި އަރަބި ރަހަތަކާއި ޖަޕަނީސް މިހެންގޮސް މެލޭޝިއަން ރަހަތަކަށް ވެސް އެކި ދިމަދިމާލުގެ ރެސްޓޯރެޓް ކެފޭތައް ހާއްސަކޮށްފައި ވެއެވެ.

ކެއުމުގެ ވައްޓަފާޅި ބަދަލުވެ ހަމަ އެކަނި ކާ އެއްޗިހީގެ މެނޫތަކަށް އައި ބަދަލުގެ އިތުރުން ކެފޭތަކުން ކާ އެއްޗިހީގެ ޕްރެޒެންޓޭޝަނަށް ވެސް ވަރަށް ބޮޑު ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

ވަރަށް ގިނަ ތަންތަނުގައި މިހާރު ފުރަތަމަވެސް ޕްލާސްޓިކް ފުޅިއެއްގެ ބަދަލުގައި ބޯން ގެންނަ ފެން ހުންނަނީ ބިއްލޫރި ފުޅީގަ އެވެ. ހޮޅިއަކަށް ސްޓީލް ނޫނީ ކަރުދާސް ހޮޅިއެކެވެ. މިއީ ތިމާވެއްޓާއި ރައްޓެހި ތަންތަނުގެ އެމީހުންގެ ވެލިއުސް ކަސްޓަމަރުންނަށް ކިޔައިދޭ ގޮތެވެ.

ދެން މި އޮތީ ކާ އެއްޗިސް ސާވް ކުރުމަށް ސާވިން ބޯޑުތަކުގައި ގެނައުމާއި މޭސަން ޖާސްގައި ގެނެސް ދިނުމެވެ. ރީތިކޮށް ގާނިޝްކޮށްފައި ތަށިމައްޗަށް ގެނެސްދިނުމުން ޖީބުގައި އޮންނަ ކެމެރާއިން ފޮޓޯއެއް ނަގާނުލައި ކާން ނުފެށޭހާ ނަލަ އެވެ. އަދިވެސް ހައި ޓީ ތަކާއި މީހުން ގަޔާވާ ގޮތަށް ޖަހާ ބުފޭ މޭޒުތަކުގެ ވާހަކަ އެވެ. ކޮންމެ ގަޑިއެއްގައި ވެސް ކޮންމެވެސް ބުފޭއަކަށް އެރެއެވެ. ހާއްސަކޮށް ދިވެހި ކެއުމުގެ ބުފޭތަށް ވެސް މިއަންނަނީ ހާއްސަ ވެގެނެވެ.

އިހަށް ކެފޭތަކުގައި ފޯނެއް ވެސް ކޮށްލަން ނުލިބޭއިރު މިހާރު ފްރީ ވައިފައި އާއި ލެޕްޓޮޕް ގުޅާލައިގެން މަސައްކަތް ކުރެވޭ ގޮތަށް ރަންޓް ޕޯޓްތަކަށް އެކްސެސް ވެވެއެވެ. އަދި ކިޔާލަން ފޮތާއި މެގަޒިން ބަހައްޓާފައި ހުރެއެވެ. އެއް އިރެއްގައި އެކަނި ރެސްޓޯރަންޓަކަށް ވަދެލުމަށް މީހުން ޖެހިލުން ވިޔަސް މިހާރު މިއީ ވަރަށް އާއްމު މަންޒަރެކެވެ. އެކަނި ގޮސް މީރު އެއްޗެއް ކާލައި ސައެއް ބޯލުމަކީ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ.

މީހުންގެ ހިތްޖެހޭގޮތަށް ހުންނަ މި ކެފޭތަކުން ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ވެސް ހާސް ގުނަ ރަނގަޅު ކޮށްފި އެވެ. ކެފޭތައް ގިނަ ވެގެން ގޮސް މާލޭގެ ކޮންމެ ކޮއްޓެއްގައި ދެ ކެފޭވަރު އެބަހުރެ އެވެ. ކެފޭތަކުގެ ހިދުމަތާއި އަގުތަކަށް ވެސް ބޮޑު ބަދަލެއް ވަނީ އައިސްފަ އެވެ. ކުރީގައި އޯޑަރުދޭ މަޝްހޫރު "ނާސިގޮރެން" ގެ އަގަށް މިހާރު ބޯލެވެނީ ޖޫސްތައްޓެކެވެ. އަގު ބޮޑޭ ކިޔަސް، ކޮންމެ ގަޑިއަކު ވެސް މިތަންތަން އޮންނަނީ ފުރިފައެވެ.

ވާދަވެރިކޮށް ހިންގާ މި ވިޔަފާރީގައި އެންމެންވެސް ބަލަނީ ތަފާތު ސިގްނޭޗާ ޑިޝްއެއް ނުވަތަ ބުއިމެއް ކަސްޓަމަރުންނަށް ގެނެސް ދޭށެވެ.