ބުރޫޝިއާ މޮންޗެގުލެޖްބާކްގެ މައްޗަށް 5-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ބަޔާން މިޔުނިކުންް، އެއް ވަނައިގައި އޮތް ވާދަވެރި ބުރޫޝިއާ ޑޯޓަމުންޑާ އަރާ ހަމަކޮށްފި އެވެ.
ހުރުކުރު ދުވަހުގެ ރޭ، އޮގްސްބާގް އަތުން، 2-1 ން ޑޯޓަމުންޑް ބަލިވުމުން، އޭގެ ފައިދާ ނަގައި، ބަޔާން ވަނީ ޕޮއިންޓްގެ ގޮތުން ޑޯޓަމުންޑާ ހަމަހަމަ ކޮށްފަ އެވެ. ދެ ޓީމަށްވެސް ލިބިފައި ވަނީ 54 ޕޮއިންޓެވެ. ތާވަލުގެ އެއް ވަނައިގައި ޑޯޓަމުންޑް އޮތީ ފައިދާ ގޯލްގައި، ބަޔާންއަށް ވުރެ ދެ ލަނޑު އިތުރަށް ހޯދައިގެންނެވެ.
ސީޒަންގެ ކުރީކޮޅު، އުނދަގޫ ހާލަތަކަށް ވެއްޓުނު ބަޔާނުން ވަނީ، ބުންޑެސް ލީގާގައި އެ ޓީމު އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފަ އެވެ.
ގުލެޖްބާކްގެ ދަނޑު ބުރޫޝިއާ ޕާކުގައި، ރޭ ކުޅުނު މެޗުގެ ފުރަތަމަ 11 މިނެޓްގައި، ބަޔާނުން ވަނީ ދެ ލަނޑު ޖަހާފަ އެވެ. ފުރަތަމަ ލަނޑު މެޗު ފެށިގެން ދެ ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ހާވީ މާޓިނޭޒް އެވެ. ތޯމަސް މުލާ ވަނީ މެޗުގެ 11 ވަނަ މިނެޓްގައި ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި، ޑޯޓަމުންޑުން ތިން ވަނަ ލަނޑު ކާމިޔާބު ކުރި އެވެ. އެ ލަނޑު ކާމިޔާބު ކުރީ ރޮބަޓް ލެވަންޑޮސްކީ އެވެ. ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ސާޖް ޖާނަބްރީ އެވެ. ފަސް ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ލެވަންޑޮސްކީ އެވެ. ގުލެޖްބާކްގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ލާސް ސިންޑީ އެވެ.
ރޭގެ މެޗަކީ، އަމިއްލަ ދަނޑުގައި، ގުލެޖްބާކް ބަލިވި، ޖެހިޖެހިގެން ތިން ވަނަ މެޗެވެ. އަދި އެ ޓީމުގެ ތާރީހްގައި އަމިއްލަ ދަނޑުގައި ތިން ގޯލަށްވުރެ އިތުރަށް އެ ޓީމު ބަލިވި ފުރަތަމަ ފަހަރުވެސް މެއެވެ..
ހަފުތާތަކެއް ކުރިން، ބަޔާން އޮތީ އެއް ވަނަ މަގާމާ ހަތް ޕޮއިންޓް ފަހަތުގަ އެވެ. ބައްޔާއެކު ގުލެޖްބާކް ވަނީ ހަތަރު ވަނައަށް ވެއްޓިފަ އެވެ. އެ ޓީމަށް ލިބިފައި ވަނީ 43 ޕޮއިންޓެވެ.