ރައީސް އަބްދުﷲ ޔާމީން

ހިތުގެ ޑޮކްޓަރަކަށް ދައްކަން ޔާމީން އައިޖީއެމްއެޗަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިތުގެ ޑޮކްޓަރަކަށް ދައްކަން މިއަދު އައިޖީއެމްއެޗް އަށް ގެންގޮސްފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަވަސް އަށް ވިދާޅުވީ، ޔާމީން ހޮސްޕިޓަލަށް ގެނެސްފައިވަނީ މިއަދު ހަވީރު 6:30 ހާއިރު ކަމަށެވެ. އެމަނިކުފާނު ހޮސްޕިޓަލަށް ގެނައީ މާފުށި ޖަލުގައި ހުންނެވި ޑޮކްޓަރު މާލޭ ގެނެސް ހިތުގެ ޑޮކްޓަރަކަށް ދައްކަން ލަފާ ދިނުމުމުން ކަމަށެވެ.

އޭނާ އިތުތަށް ވިދާޅުވީ، މިޙާރު ޔާމީން ވަނީ އޮބްޒަވޭޝަންއަށް އެޑްމިޓް ކޮށްފައި ކަމަށެވެ.

މިކަމާ ގުޅޭ މައުލޫމާތު ހޯދަން ކަރެކްޝަން ސާވިސްގެ މީޑިއާ އޮފިސަރަށް ގުޅާލުމުން ޔާމީން ހޮސްޕިޓަލަށް ގެންދިޔަކަން ފިޔަވާ އިތުރު މައުލޫމާތު ދީފައެއް ނުވެއެވެ. އޭނާ ވިދާޅުވީ ޒާތީ މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވަނީ ޕޮރެސެކިއުޓާ ޖެނެރަލް (ޕީޖީ) އެދުމުގެ މަތިންނެވެ. ޕީޖީ އިން ކޯޓުގައި އެދިފައިވަނީ ޔާމީން ބަންދުގައި ނުބަހައްޓްއި މައްސަލައިގެ ޝަރީއަތް ކުރާނަމަ، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބްއޮތް ކަމަށް ބުނެ އެވެ.

ޔާމީން މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރީ ކުރުމުގެ ދައުވާ އެވެ. އެސްއޯއެފް އެކައުންޓުން އިސްލާމިކް ބޭންކުގައި އޮންނަށް ޔާމީންގެ އެކައުންޓަށް ވަނީ އެއް މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ.