ފައިސަލް ނަސީމް

އައިޓީބީ ފެއާގައި ބައިވެރިވުމަށް ނައިބު ރައީސް ޖަރުމަނަށް

ނައިބު ރައީސް ފައިސަލް ނަސީމް-- މިރޭ ޖަރުމަންވިލާތަށް ވަނީ ފުރާވަޑައިގެނެފި
0%
0%
0%

ޖަރުމަންވިލާތުގެ ވެރިރަށް ބާލިންގައި ބާއްވާ އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސް (އައިޓީބީ) ގައި ބައިވެރިވުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ އެ ގައުމަށް ފުރާވަޑައިގެނެފި އެވެ.

އައިޓީބީ ފެއާއަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ޝާމިލްވާ ފަރާތްތަކުން އެއްތަނަކަށް ޖަމާވެ ފަތުރުވެރިކަން މާރުކޭޓްކޮށް އިސްތިހާރު ކުރުމަށް ދުނިޔޭގެ ފެންވަރުގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު އެއް ފެއާއެވެ. ނައިބު ރައީސް ފެއާގައި ބައިވެރިވުމަށް ޖަރުމަންވިލާތަށް ވަޑައިގެންނެވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ދައުވަތަކަށެވެ.

ނައިބު ރައީސް ފައިސަލް މި ފެއާގައި ބައިވެރިވެ ވަޑައިގަންނަވަނީ ރާއްޖެއިން ފެއާގައި ބައިވެރިވާ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުންނެވެ. ކޮންމެ އަހަރުކުވެސް އައިޓީބީ ފެއާގައި ރާއްޖެއިން ބައިވެރިވާއިރު، ފެއާގެ ބައިވެރިންގެ ހާއްސަ ސަމާލުކަމެއް ކޮންމެ އަހަރުކުވެސް ރާއްޖޭގެ ސްޓޯލްތަކައް ލިބެ އެވެ.

އައިޓީބީ ފެއާގައި ދޭ ބައެއް މަތީ އެވޯޑްތައް ވެސް ވަނީ ރާއްޖެއަށް ލިބިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910