އެމްއެމްޕީއާރްސީ

ރާއްޖެއަށް "ތްރީ ވީ" ޓްއަރިޒަމް ތައާރަފު ކުރަނީ

އައިޓީބީ ބާލިން ކޮންފަރެންސް. ރާއްޖޭގެ ފަރާތުން ބައިވެރިވެލެއްވީ ޓްއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއަރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.
100%
0%
0%

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ހާލަތުގައި ޒިޔާރާތް ކުރަން އެންމެ މަގުބޫލު މަންޒިލަށް ރާއްޖެވާ ސަބަބު ބަޔާންކޮށް ރާއްޖޭ ގައި "ތްރީ ވީ" ޓްއަރިޒަމެއް ހިންގާނެ ގޮތް އައިޓީބީ ބާލިންގައި ހިއްސާ ކޮށްފި އެވެ.

ރާއްޖެއިން ޕްރޮމޯޓް ކުރާ ތްރީ ވީ އަކީ "ވިޒިޓް ވެކްސިނޭޓް އެންޑް ވެކޭޝަން" އެވެ.

އައިޓީބީ ބާލިންއަކީ ފަތުރުވެރި ކަމުގެ ސިނާއަތުގެ އެންމެ ބޮޑު އެއް ފެއާ އެވެ. އޮންްލައިން ޕްލެޓް ފޯމެއްގައި ބޭއްވި މި ޕްރެސް ކޮންފަރެސްގައި ދިވެހި ރާއްޖެއަކީ ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅުގައި ޒިޔާރާތް ކުރުމަށް އެންމެ މަގުބޫލު އަދި ރައްކާތެރި މަންޒިލްގެ ގޮތުގައިވާ ސަބަބު ހިއްސާ ކޮށްފައި ވެއެވެ.

ރާއްޖޭގެ ފަރާތުން މި ޕެނަލުގައި ބައިވެރިވެވަޑައިގަތީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް އާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.

މި ބައްދަލު ވުމުގައި ކޮވިޑްގެ ސަބަބުން ކުރިމަތިވެފައިވާ ދަތި ތަކާއި ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ކުރަމުން އައި މަސައްކަތްތަކާއި ކުރިޔަށް އޮތް ތަނުގައި ކުރާނެ ކަންކަން ހިއްސާ ކޮށްފައި ވެއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޝަފީގާ

ފާޑުފާޑު ނަންނަން އަދި ކިޔަކަސް ކަމެއް ނުކުރެވެޔޭ...90 ވަރަކައް ރިސޯޓު ހަދަން ދޫކުރި ރަށް އެއޮތީ އެކިކަންކަމާ ހުރެ ތަރައްގީނުކުރެވި ހުއްޓިފަ. އެންމެ ބޮޑު ސަބަބަކީ ސަރުކާރުން އެރަށްތަކައް އަރުވައިގެން އުޅޭ ކަމާއި އެކަށީގެންނުވާވަރު ފައިންތަކުގެ ސަބަބުން. ދެން ގޮސް ހުސް މިކަހަލަ ހޮޅިބޮޅި ހަދައިގެން އެކަން ރަނގަޅު ކުރާނެ ގޮތެއް ނޭނގިގެން ދެއަތާއި ފައި ބަނދެވިގެން ތިބެ މިކިޔަނީ ތުރީ ވީ އޭ އަނެކެއްޗެކޭ އަނެކެއްޗެކޭ..

އަހްމާ

ފުރަތަމަ ކޮވިޑް ޑްރާމާ ނިންމާށޭ ސަރުކާރޫ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910