ސިއްހަތު

ދަތްފަޅާއިރު އުނދަގޫވާނަމަ ފިނި އެއްޗެއްދީ!

ތުއްތު ކުދިންގެ ދަތް ފަޅާއިރު ބައެއް ކުދިންނަށް ބަދަލުތަކެއް އާދެ އެވެ. އުޅުމަށާއި ނިދުމާއި ކެއުމަށްވެސް މި ބަދަލު އާދެ އެވެ. ދަތްފަޅާއިރު ކުދިން ކާހިތްނުވެ ކެއުމާއި ދުރުވެ އެވެ. ބައެއް ބެލެނިވެރިންނަށް މިކަންކަން ފާހަގަ ކުރެވިދާނެ އެވެ. ހުރިހާ ކުދިންނަށް އެއްގޮތެއް ނުވެސް ވެދާނެ އެވެ. ހެދިބޮޑުވުމުގައި ވެސް އެކި ކުދިން ތަފާތު ވުމުން އެކި ކުދިންނަށް ދަތްފެޅުމުގައި ވެސް އެކި ގޮތްތައް މެދުވެރިދާނެ އެވެ. އަދި ބައެއް ކުދިންނަށް އެއްވެސް އުދަގުލެއް މި މައިލްސްޓޯން ރީޗްވުމުގައި ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ތުއްތު ކުދިންގެ ދަތް އާއްމުކޮށް ފަޅަން ފަށަނީ ހަ މަހުން ކަމުގައިވީ ނަމަވެސް ފުރަތަމަ ދަތްފެޅުން 6 މަހާއި ތޭރަ މަހާއި ތެރޭ މަހާއި ދޭތެރެ އެވެ. މި ދޭތެރޭ ކޮންމެ އިރެއްގައި ވެސް ދަތް ފަޅާފާނެ އެވެ. އަދި ބައެއް ކުދިން އަވަސް ވެގެން 4 މަހުގައި އާއި މަދު ކޭސަސްގަ ވިހާއިރު ވެސް ދަތްފަޅާފައިވާ ކުދިން ހުރެއެވެ.

އާއްމުކޮށް ތުއްތު ކުދިން ކޮންމެ އެއްޗެއްވެސް ލާނީ އަނގަޔަށެވެ. މިއީ ދަތްފެޅުމާއި ގުޅުން ހުރި ކަމެއް ނޫނެވެ. ދަތްފަޅާނަމަ ދަތް ނިކުތުމަށްޓަކައި ހިރުގަނޑުގައި ކުޑަކޮށް ފުއްޕާފައި ހުރެ އެވެ. އަދި މިގޮތަށް ދެ ތިން ދުވަހު ހުރުމަށްފަހު ދަތް ނިކުމެ އެވެ. އަދި ދަތްނިކުންނަ އިރު ތަދުވެ، އުދަނގޫ ވެގެން އުޅެއެވެ.

ދަތްފަޅާއިރު ކުދިންގެ އުޅުމަށް ބަދަލު އާދެއެވެ. މިގޮތުން އާއްމުކޮށް އުޅޭއިރަށްވުރެ ބޮޑަށް ރުންކުރުވެއެވެ. ބުނެދޭން ނޭނގޭކަހަލަ އުނދަގޫތަކެއް ކުއްޖާއަށް ވުމުން އުޅުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން އާއްމުކޮށް އޮންނަ ކެއުމާއި، ނިދުމުގެ ޝެޑިއުލާއި އެއްގޮތަށް ނުދެވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިހެންވުމުގެ ސަބަބުން އަދި އިތުރަށް ކުއްޖާ ވަރުބަލިވެއެވެ.

އަދި މިޔާއި އެކު ދަތްފަޅާ ދުވަސްވަރު އާއްމުކޮށް ސޮނިބާލާވަރަށް ވުރެ ގިނައިން ތުއްތުކުދިންގެ ސޮނި ފައިބައެވެ. މިއީ ދަތްފެޅުމުގައި ކުޅު ސްޓިމުއުލޭޓްވާތީ މެދުވެރިވާކެމެކެވެ. އެހެންކަމުން މި ދުވަސްވަރު ސޮނި ފޮތި ކޮޅު ގެ ބޭނުން ބޮޑެވެ.

ދަތް ފަޅާއިރު ކުއްޖާއަށްވާ އުނދަގޫތަށް ކުޑަކުރުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން ހުރެއެވެ. މިގޮތުން ފުރަތަމަކަމަކަށް އަތް ރަނގަޅަށް ދޮވުމަށްފަހު ކުއްޖާގެ ހިރުގަނޑު އިނގިލިއަކުން މަސާޖްކޮށްލަދޭށެވެ. ދެން ރަނގަޅީ ކޮންމެވެސް ފިނިއެއްޗެއް ކުއްޖާއަށް ދިނުމަށެވެ. މިގޮތުން ނުވަތަ އެ ކުދިންގެ ސޮނިރުމާ ކޮޅު ފިނިކޮށްލާފައި ދޭންވީއެވެ.

ތުއްތު ކުދިންނަކީ ކޮންމެއެއްޗެއްވެސް ވަރަށް އަވަހަށް އަންގަޔަށްލާ ބަޔަކަށްވުމުން މި ކަންކުރުމުން ހިރުގަނޑަށް ފިނިވެ އެކުދިންނަށް ފަސޭހަވެއެވެ.މީގެ އިތުރުން 6 މަސް ފުރިފައިވާ ކުދިންނަމަ ފިނިކުރި ކަރާ، ކިއުކަމްބާ ކަހަލަ އެއްޗެއް ދެވިދާނެއެވެ. އަދި ޔޯގަޓާއި ފުރުޓާއި އެކުދިން ބޯ ހާއްސަ ކިރު (ފޯމިއުލާ) އާއި މޭވާ އަޅައިގެން ލޮލީއެއްވެސް ތައްޔާރުކޮށްފައި ދެވިދާނެއެވެ. އެހެންނަމަވެސް މި ފަދަ އެއްޗެއް ދޭ އިރު އަބަދުވެސް ކަރުގައި އަޅައިގަނެ ކަމެއް ވާތޯ އަބަދުވެސް ބަލަންވާނެއެވެ.

ސޮނި ފޭބުން ގިނަ ވެފައިފާ ދަނޑިވަޅެއްގައި މާ ގިނައިން ސޮނި ފޮހެންޔާ ކުއްޖާގެ އަނގަކައިރި މޫނުގައި ރޭޝްވުމަށްވެސް ބައެއް ފަހަރު ދިމާވެއެވެ. މިފަދަ ހާލަތެއް މެދުވެރިވިޔަނުދިނުމަށް އަބަދުވެސް މޫނުގައިވެސް ކޮންމެވެސް ކަހަލަ މޮއިސްޓަރައިޒިންގް ކްރީމެއް އުނގުޅިދާނެއެވެ.

ފުރަތަމަ ދަތްފެޅުމުގެ އުފަލުގައި ފޮޓޯއެއް ނަގާލާށެވެ. އަދި ދަތް ފެޅުމުން އެންމެ ތުއްތު އިރުން ފެށިގެން ކުއްޖާއަށް ދަތްއުނގުޅުމަށް ބުރުހެއް ހޯދާދީ ދަންއުގުޅުމަށް ދަސްކޮށްދޭށެވެ.