އިލެކްޝަންސް ކޮމިޝަން

އީސީގެ މެމްބަރުކަމަށް އެންމެ މަތިން މާކްސް ހޯދީ ހަބީބު

އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ކޮމެޓީއިން ނަންތައް ދިރާސާކުރި އިރު އެންމެ މަތިން މާކްސް ލިބުނީ މިހާރުވެސް އެ ކޮމިޝަންގެ މެންބަރު އިސްމާއީލް ހަބީބުއަށް ކަމަށް ކޮމިޓީގެ ރިޕޯޓްގައި ބުނެފި އެވެ.

އީސީގެ މެމްބަރު ހަބީބުގެ ދައުރު ހަމަވާތީ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި 16 ފަރާތަކާ ކޮމިޓީއިން އިންޓަވިއު ކުރި އެވެ. މީގެ ކުރިން އެއް ދައުރު ކޮމިޝަންގެ މެންބަރުކަން ކުރެއްވި، ހަބީބަށް ލިބުނީ 90.28 މާކްސް އެވެ. އީސީގެ މެމްބަރުކަމަށް ރުހުން ހޯދަން މަޖިލީހުގެ ތަޅުމަށް ފޮނުވާނީ 75 މާކްސްއަށްއަާށް ވުރެ މަތިން ލިބޭ ފަރާތްތަކުގެ ނަމެވެ.

އީސީގެ މެމްބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ.

ހާބީބް އާ އެންމެ ގާތުން ވާދަކުރި އަހްމަދް މޫސާ އަމްސާވިލާ މާލެ އަށް ލިބިފައިވަނީ 75.57 މާކްސް އެވެ. އީސީގެ މެމްބަރުކަމަށް ދެން ކުރިމަތިލެއްވި ފަރާތްތަަކަށް ލިބިފައިވަނީ 75 މާކްސްއަށް ވުރެ ދަށުން އެވެ. މަޖިލީހިގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ހަބީބު އާއި އަހްމަދް މޫސާގެ ނަން މަޖިލީހިގެ ތަޅުމަށް ރުހުން ހޯދަން ފޮނުވައިފަ އެވެ. އެ މައްސަލައިގައި މިއަދު ވޯޓަށް އަހާނެ އެވެ.