ހަބަރު

އާސަންދައިގެ އެމްޑީކަމަށް ބޭފުޅަކު އައްޔަންކޮށްފި

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބުނީ، އާސަންދަ ކުންފުނީގެ އެމްޑީ ކަމަށް އައްޔަން ކުރައްވާފައިވަނީ މ. މާފުށީގެ މަރިޔަމް ޝަފީގް ކަމަށެވެ.

މަރިޔަމް ޝަފީގް މީގެ ކުރިން ހުންނެވީ އެލައިޑް އިންސިއުރަންސްގެ ޓެކްނިކަލް މެނޭޖަރުގެ މަގާމުގައި އެވެ. އަދި އޭނާ ވަނީ އެންސްޕާގެ ޗީފް އެކްސެކެޓިވް އޮފިސަރެއްގެ މަގާމުގެ އިތުރުން އައިޖީއެމްއެޗްގެ ސީނިއާ ނަރުހެއްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

މަރިޔަމްގެ އިތުރުން ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ އާސަންދައިގެ ބޯޑަށް ނޮން އެކްސެކެޓިވް ޑިރެކްޓަރުގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ. އައްޔަން ކުރައްވާފައިވަނީ ހ. އައިބަހާރު، އާމިލާ ލަތީފް އާއި މއ. ވިކްޓްރީ މުހައްމަދު އާމިރެވެ.